އަނިޔާވެރި އަންހެން މީހާ އާއި އޭނާގެ ބުޅާ
އެއް ޒަމާނެއްގައި ވަރަށް އަނިޔާވެރި އަންހެނަކު އުޅުނެއެވެ. އޭނާއަކީ ގެންގުޅޭ ބުޅަލަށް އަނިޔާކޮށް، އިހާނެތިކޮށް ކަންތައް ކުރާ އަންހެނެކެވެ. އެއް ދުވަހަކު رسول الله صلى الله عليه وسلم މި އަންހެން މީހާއާ ބެހޭ ވާހަކައެއް އެކަލޭގެފާނުގެ ޞަޙާބީންނަށް ވިދާޅުވެ ދެއްވިއެވެ.
އިތުރު رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ. "އެ އަންހެން މީހާ ގެންގުޅޭ ބުޅާ ރަނގަޅަށް ބަލަހައްޓައެއް ނުހަދައެވެ. އަދި އޭނާ އެ ބުޅަލަށް ކާ އެއްޗެއް އަދި ބޯއެއްޗެއްވެސް ނުދެއެވެ."
މިހެންވުމުގެ ސަބަބުން ބުޅާ ވަރަށް އަނަރޫފަވެ، އޭގެ ކެހެރިތައްވެސް ފައިބަން ފަށައިފިއެވެ. އެ އަންހެން މީހާ އަކީ ވަރަށް ރުޅިގަދަ އަންހެނެކެވެ. އޭނާ ރުޅިއަތުވެއްޖެނަމަ ބުޅަލުގެ ގައިގައި ތަޅާ ހަދައެވެ. ނުވަތަ ގެއިން ބޭރަށް އެއްލާލައި، މުޅި ރޭގަނޑު ބުޅާ ގެއިން ބޭރުގައި ބާއްވަފާނެއެވެ. މާގިނަ ދުވަހެއް ނުވަނީސް އަންހެން މީހާ ދެކެ ބުޅާ ވަރަށް ބިރުގަންނަން ފަށާއިފިއެވެ. އަންހެން މީހާ އެސޮރާއި ކައިރިވެއްޖެނަމަ ބުޅާ ރޮއި ހަދައެވެ. އަދި މޭޒެއް ނުވަތަ ގޮނޑިއެއް ދަށަށް ވަދެ ފިލާނެއެވެ
ބުޅަލާމެދު އިހާނެތިކޮށް ކަންތައްކުރާތީ އޭނާގެ އަވައްޓެރިން އަންހެންމީހާ ދެކެ ވަރަށް ރުޅިއާދެއެވެ. އެއްދުވަހަކު މީގެ ތެރެއިން އެކަކު އައިސް އަންހެން މީހާއާ ބައްދަލުކުރިއެވެ. ކަލެއަކީ ބުޅަލާމެދު ވަރަށް އަނިޔާވެރިކޮށް ކަންތައް ކުރާ މީހަކީމުއެވެ. އަވައްޓެރިޔާ ބުންޏެއެވެ. ހަމަ އަހަރެމެންނެކޭވެސް އެއްފަދައިން އެ ބުޅަލަކީވެސް ﷲ ގެ މަޚްލޫޤެކެވެ. ކަލޭ ތިކުރަނީ ބޮޑު ގޯސްކަމެކެވެ! މިވާހަކަތައް އިވުމުން އަންހެން މީހާ ވަރަށް ރުޅިއައިސްފިއެވެ. ދުރަށް ދާށެއެވެ! އެ ބުޅަލަކީ އަހަރެންގެ އެއްޗެކެވެ. އަހަރެން ބޭނުންނަމަ އެ ބުޅަލާ ދޭތެރޭގައި ގޯސްކޮށް ކަންތައް ކުރާނަމެވެ. އަހަރެން އެކަނި ދޫކޮށްފައި ދުރަށްދާށެއެވެ! އަވައްޓެރިޔާއާ ދިމާއަށް އަންހެންމީހާ ބުންޏެވެ. އަވައްޓެރިޔާއަށް މި އިވުނު ވާހަކަތަކާއިމެދު އޭނާ ވަރަށް ނުރުހުނެވެ. އަދި ބުޅާ ސަލާމަތް ކުރާނެ ގޮތެއް އޭނާ ރޭވިއެވެ. އެއަށްފަހު ގެއަށް ގޮސް ރޭވަންދެން އޭނާ ގޭގައި ހުރީއެވެ. އިރުކޮޅަކުން ބުޅަލާދިމާއަށް އަންހެންމީހާ ހަޅޭލަވާއަޑު އޭނާއަށް އިވުނެވެ. މުޑުދާރު އެއްޗާއެވެ! މިގެއިން ނުކުންނާށެވެ. މިރޭ މިގެއަކު ތި އެއްޗެއް ނުބާއްވާނަމެވެ! ބުޅަލާދިމާއަށް އަންހެން މީހާ ބުންޏެއެވެ. އިރުކޮޅަކުން އަންހެން މީހާގެ ގޭގެ ކުރިމަތީ ދޮރު ހުޅުވާއަޑު އަވައްޓެރިޔާއަށް އިވުނެވެ. ދެން އޭނާއަށް އިވުނީ ބުޅާ ގިސްލަގިސްލާފައި ރޯންފެށި އަޑެވެ. އެއީ އެސޮރު މަގުމައްޗަށް އެއްލާލެވުމުންނެވެ. އެއަށްފަހު އަންހެންމީހާ އޭނާގެ ގޭގެ ދޮރު ވަރަށް ބާރަށް ޖެހި އަޑު އިވުނެވެ
އަންހެންމީހާދެން ގެއިން ނުނިކުންނާނެކަން ކަށަވަރު ކުރުމަށްޓަކައި އަވައްޓެރިޔާ ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު މަގުމައްޗައް ނުކުތެވެ. އަންހެންމީހާގެ ގޭގެ ކުރިމަތީ ދޮރު ކައިރީގައި ބުޅާ އިށީދެލައިގެން އިންތަން އޭނާއަށް ފެނުނެވެ. ބުޅާ ރޮއި، ދޮރުގައި ވަސްގަނެ ހަދައެވެ. އެއީ އަންހެންމީހާ ދޮރު ހުޅުވާފައި އެސޮރު އެތެރެއަށް ވައްދާފާނެކަމުގެ އުންމީދުގައެވެ
އަވަށްޓެރިޔާގެ ހިތްވަނީ ބުޅަލަށްޓަކާ ހަމްދަރުދީއިން ފުރިފައެވެ. ނިކަމެތި ބުޅަލާއެވެ. ކަލޭ ހިކިފައި އިންވަރު ދެކިބަލާށެވެ! އެހެން ބުނަމުން އޭނާ ތިރިވެފައި ބުޅާ ނަގައި އުރާލިއެވެ. އަދި އެސޮރުގެ ރުއިން ހުއްޓާލަންދެން ބުޅަލުގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. އަހަރެންގެ ގެއަށް ކަލޭ ގެންގޮސް ކަލެއް ކާންދޭނަމެވެ. އޭނާ ބުންޏެއެވެ. އޭނާ އެނބުރި ގެއަށް ދިއުމަށްފަހު ތައްޓެއް ފުރެންދެން ކާނާ އަޅާފައި ބުޅަލަށް ކާންދިނެވެ. ބުޅާ ބަނޑުހައިކަމާއިއެކު ކާންފެށިއެވެ. ވަރަށް އަވަހަށް ތަށި ހުސްކޮށްލައިފިއެވެ. އެހިނދު އަވައްޓެރިޔާ އަނެއްކާވެސް ތަށި ފުރެންދެން ކާނާ އަޅައިދިނެވެ. ދެވަނަ ފަހަރުއެޅި ކާނާވެސް ބުޅާ ވަރަށް އަވަހަށް ހުސްކޮށްލިއެވެ. ނަމަވެސް އެވަރުން އެސޮރުގެ ބަނޑު ފުރިއްޖެއެވެ. އަދި ތަޅުންމަތީގައި އޮށޯންތަނާ އެސޮރަށް ގަދައަށް ނިދިއްޖެއެވެ. އަނެއް ދުވަހު ހެނދުނު ތެދުވެގެން ހުރިހާ ތަނެއް ހޯދާބެލިއިރުވެސް އެ އަނިޔާވެރި އަންހެންމީހާއަކަށް އޭނާގެ ބުޅަލެއް ނުފެނުނެއެވެ. މަގުމައްޗާއި ބާޒާރުގެ ސަރަޙައްދު ހޯދައި ބެލިއިރުވެސ އެމީހާއަކަށް ބުޅަލެއް ނުފެނުނެވެ. މިހެންކަމުން އޭނާ ވަރަށް ރުޅިއައިސްފިއެވެ
ކޮންމެވެސް މީހަކު އަހަރެންގެ ބުޅާ ވަގަށް ނެގީއެވެ. އޭނާ ގެ ހިތަށް އެރިއެވެ. އެހިނދު ކުރީ އޭނާގެ އަވައްޓެރިޔާ ދެއްކި ވާހަކަތައް އޭނާއަށް ހަނދާވިއެވެ. އޭނާގެ ބުޅަލަށް އަނިޔާކުރުމުން މަނާ ކުރޭތޯ އަވައްޓެރިޔާ މަސައްކަތް ކުރިކަން ހަނދާންވިއެވެ. އަހަރެންގެ ބުޅާ ވާނީ އަހަރެންގެ އަވައްޓެރިޔާގެ ގޭގައެވެ. އޭނާގެ ހިތައް އެރިއެވެ. އަހަރެންގެ ބުޅާ ވަގަށް ނެގި ކަމަށްވާނީ އޭނާއެވެ. މިހެން ހިތައި އަންހެންމީހާ އޭނާގެ އަވައްޓެރިޔާގެ ގޭގެ ދޮށަށް ގޮސް އެގޭގެ ދޮރުގައި ޖަހާފައި ރުޅިވެރިކަމާއިއެކު ހަޅޭއްލަވައިގަތެވެ. އެހިނދު އަވައްޓެރިޔާ ދޮރު ހުޅުވާލިއެވެ. އަހަރެންގެ ބުޅާ ވަގަށް ނެގީ ކަލޭކަން އަހަންނަށް އެނގެއެވެ. ކަލޭ ތިޔައީ ވައްކަން ކުރާ މީހެކެވެ. ހަމަމިހާރު އަހަރެންގެ ބުޅާދޭށެވެ! އަވައްޓެރިޔާއާ ދިމާއަށް އެ އަންހެން މީހާ ބުންޏެއެވެ
ނޫނެކެވެ.! ކަލެއަކީ އަނިޔާވެރި އަންހެނެކެވެ. އެހެންކަމުން ބުޅަލެއް ލިބިގަތުމުގެ ޙައްޤެއް ކަލެއަކަށް ލިބިގެނެއް ނުވެއެވެ! އަވައްޓެރިޔާ ބުންޏެއެވެ. އަހަރެން ބުޅާ ބޭނުމެއެވެ. އެބުޅާ އަނބުރާ އަހަންނަށް ދޭށެވެ! އަންހެންމީހާ ބުންޏެއެވެ. އޭނާގެ ރުޅިވެރިކަން ފަހަރަކަށް ވުރެ ފަހަރެއް ގަދަވަމުން ދެއެވެ. ކަލޭގެ ބުޅަލާދޭތެރޭގައި ހެޔޮކޮށް ކަންތައް ކުރަން ވަޢުދުވުމުންނޫނީ ބުޅާ ކަލެއަކަށް ނުދޭނަމެވެ. އަވައްޓެރިޔާ ބުންޏެއެވެ. އަވައްޓެރިޔާ މިހެން ބުނުމުން އަންހެންމީހާ އަމިއްލަ ނަފުސުން ހީގަތެވެ. އޭނާ ހިތައް އެރިއެވެ. މީ މޮޔަމީހެއް ހެއްޔެވެ؟ އަހަރެން ބުޅަލާމެދު ރަނގަޅަށް ކަންތައް ކުރުމަށް ވަޢުދުވެލުމުން އޭނާ އަހަންނަށް ބުޅާ އަނބުރާ ދޭނެއެވެ! އެހިނދު އެއްވެސް ރުޅިއެއް ނާންނަކަމުގައި އަންހެންމީހާ ހެދިއެވެ. އަވައްޓެރިޔާއާ ދިމާލަށް އޭނާ ހިނިތުންވެލިއެވެ. ބުޅާ އަހަންނަށް އަނބުރާ ދީފިނަމަ އެ އެއްޗާއިމެދު އަހަރެން ރަނގަޅަށް ކަންތައް ކުރާނަމަވެ! ރަޙްމަތްތެރި އަޑަކުން އަންހެން މީހާ ބުންޏެއެވެ. ކަލޭ ވަޢުދު ވަންހެއްޔެވެ؟ އަވައްޓެރިޔާ އަންހެން މީހާކުރެން ސުވާލުކުރިއެވެ. އަންހެން މީހާ ވަޢުދުވަމުން ބުންޏެއެވެ. އާނއެކެވެ! އާނއެކެވެ! ކަލޭ ބުޅަލަށް ބަނޑުފުރޭ ވަރަށް ކާންދޭނަން ހެއްޔެވެ؟ އަދި ރޭގަނޑު އެސޮރު އެއްލައިނުލާ ގޭތެރޭގައި ބާއްވާނަންހެއްޔެވެ؟ އަވައްޓެރިޔާ އެ އަންހެން މީހާ ކުރެން ސުވާލުކުރިއެވެ. އަންހެން މީހާ ބުންޏެއެވެ. "އަހަރެން އޭތި ބޭރަކަށް އެއްލައެއް ނުލާނަމެވެ. އަދި މިއަދުން ފެށިގެން އެސޮރަށް ރަނގަޅަށް ކާންދީ، ބަލަހައްޓާނަމެވެ. މީގެ ފަހުން ދުވަހަކުވެސް އަހަރެން އެ ބުޅަލަކަށް އަނިޔާވެރިއެއް ނުވާނަމެވެ. އަންހެންމީހާ ރަޙުމުން ފުރިގެންވާ އަޑަކުން ބުންޏެވެ
އަންހެން މީހާ ދޮގު ހަދަނީކަމަކަށް އެ އަވައްޓެރިޔާ ހިއެއް ނުކުރެއެވެ. އެހެން ކަމުން އަންހެންމީހާއަށް ބުޅާ އަނބުރާ ދިނެވެ. އެ އަނިޔާވެރި އަންހެންމީހާ ބުޅާ އޭނާގެ ގެއަށް އަނބުރާ ގެންގޮސް އިހުނަށްވުރެވެސް އަނިޔާވެރިކޮށް އެސޮރާއިމެދު ކަންތައް ކުރިއެވެ. އޭގެ ކަރުގައި ވާގަނޑެއް ބައްދާފައި އެވާގަނޑުގެ އަނެއްކޮޅު ގޮނޑިއެއްގައި އެއްސިއެވެ. އަދި ކާއެއްޗެއްވެސް އަދި ބޯއެއްޗެއްވެސް އެސޮރަކަށް ނުދެއެވެ. އެސޮރު ދުވަހަކަށްވުރެ ދުވަހެއް ހިކެމުން ބަލިވަމުން ދެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ބުޅާ މަރުވެއްޖެއެވެ
"ކޮންފަދަ ނުލަފާ އަންހެނެއް ހެއްޔެވެ؟ ކޮންފަދަ އަނިޔާވެރި، ނުލަފާ އަންހެނެއް ހެއްޔެވެ؟" رسول الله صلى الله عليه وسلم ޞަޙާބީއަކު ދެންނެވިއެވެ. رسول الله صلى الله عليه وسلم އެއްބަސް ވެވަޑައިގަތެވެ. މިކަމުގެ ސަބަބުން އަންހެންމީހާދެކެ ﷲ ތަޢާލާ ވަރަށް ކޯފާވެވޮޑިގަތެވެ. އަންހެންމީހާ ހަމައެކަނި އަނިޔާވެރިޔަކީ ނޫނެވެ. އޭނާ އެތައް ގިނަ ދޮގުވެސް ހެދީއެވެ. ﷲ ތަޢާލާގެ މަޚުލޫޤަކާއިމެދު އަނިޔާވެރިކޮށް ކަންތައް ކުރުމުގެ ސަބަބުން އޭނާ ވަނީ ބޮޑު ފާފާއެއް ކޮށްފައެވެ
ފެންބޮވައިގެންފައިވާ ކުއްތާއަށް ފެންދިން މީހާ ﷲ ގެ ދިރޭ މަޚްލޫޤަކާއިމެދު ރަނގަޅަށް ކަންތައް ކުރުމުގެ ސަބަބުން ﷲ އޭނާގެ ފާފަތައް ފުއްސަވައި ދެއްވިއެވެ. ނަމަވެސް އޭނާގެ ބުޅަލާއިމެދު ނުބައިކޮށް ކަންތައް ކުރި އަންހެންމީހާގެ ފާފަތައް ﷲ ފުއްސަވައި ނުދެއްވިއެވެ. އެހެންކަމުން އެ އަންހެންމީހާވީ ނަރަކަވަންތަ ވެރީންގެ ތެރެއިންނެވެ

މަޞްދަރު: 18 އޭޕްރީލް 2011 ގައި ދީން.އިންފޯ ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ނަކަލެއް
HTML Comment Box is loading comments...