.އޭ ލޯބިވާ މަންމާއެވެ
.އަހަރެންގެ ލޮލުގެ ފިނިކަން އަދި ހިތުގެ ވިންދު ކަމުގައިވާ މަންމާއެވެ މި ލިޔުން ލިޔުމުގެ ކުރިން އަހަރެން ވަރަށް ވިސްނީމެވެ. އެތަކެއް ފިކުރުތަކެއް ކުރީމުއެވެ މަންމައަށް ޓަކައި އަހަރެންގެ ހިތުގައިވާ މަތިވެރި ދަރަޖަ އާއި އިޙްތިރާމަށްޓަކާ މިލިޔުން ލިޔަން ފަސްޖެހުނީމުއެވެ ނަމަވެސް ވަޤުތު ފާއިތުވަމުން ދަނީއެވެ. ގެއްލިއްޖެ ވަޤުތެއް އަނބުރާ ނާންނާނެޔޭ ބުނާ އަޑު އަހަރެން އަހަމުއެވެ.ވުމާއެކު ވަޤުތު ފާއިތުވުމުގެ ކުރިން މަންމައަށް އަހަރެންގެ ހިތުގައި މިވާ ކެކުޅުންތައް ހާމަކޮށްދޭން އަހަރެން ބޭނުމެވެ މަންމަ އެންމެ އުފާވި ދުވަހަކީ އަހަރެން މިދުނިޔެއަށް އުފަންވި ދުވަސްކަން އަހަރެނަށް އެނގެއެވެ.އެދުވަހު ވީ އުފަލުން މަންމަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔަކަންވެސް އަހަރެނަށް އެނގެއެވެ .އަހަރެނަށް އެންމެ ރީތި ހެދުމާއި ކުޅޭ ސާމާނުތައް ގަނެދިނީމުއެވެ .އެންމެ މަތިވެރި ތަރުބިއްޔަތަކުން އަހަރެން ތަރުބިއަޔަތު ކުރީމުއެވެ .ރީތި އަޚްލާޤީ ސިފަތަކުން އަހަރެން ޒީނަތްތެރި ކުރުވީމުއެވެ މާތް ﷲ މަންމައަށް އެއިލާހުގެ ތަނަވަސް ރަޙުމަތުން ރަޙްމަތްލައްވާ ގިނަގުނަ ޡަވާބާއި ދަރުމަ ދެއްވާ ދުނިޔެއާއި އާޚިރަތުގައި މަންމަގެ ޤަދަރު އުފުއްލަވާ ސުވަރުގޭގެ އެންމެ މަތީ ފިރުދައުސްގައި ލައްވާށިއެވެ. އާމީން ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށޭ ބުނާ އުޞޫލުން، ކަންތައްތައް މެދުވެރިވެ ދިޔަ ގޮތުން މިފަހަކަށް އައިސް މަންމަގެ ލޯތްބާއި އަޅާލުމާއި އެހީތެރިކަމުން އަހަރެން މަޙުރޫމްވިއެވެ އަހަރެންނާ އޯގާތެރިކަމާއެކީ ވާހަކަ ދައްކާލާ، ޙާލު ބަލާލާނޭ ވަޤުތެއް މަންމައަކަށް ނުލިބުނެވެ އަހަރެން ގެއިން ބޭރަށް ނިކުމެގެންދަނީ ކީއްވެގެން ކަމާއި ގެއަށް އެނބުރި އަންނަން ބޭނުން ނުވަނީ ކީއްވެގެންތޯ މަންމައެއް ނުބަލަމުއެވެ .ލޯބިވާ މަންމާއެވެ ހަނދާނެ ގޮތެއް، ކުރާނެ ކަމެއް ނޭނގިގެން، އާވާރާވެގެން، އެކަނިމާ އެކަނި އެތައް އިރަކު މަގުމަތީ ހުންނަކަން މަންމައަށް އެނގޭ ހެއްޔެވެ؟ އެހެން ކުދިންގެ މަންމަމެން އެކުދިންނާމެދު ބަހައްޓާ އޯގާތެރިކަމާއި، ބާއްވާ ގާތްކަން ފެނުމުން އަހަރެންގެ ހިތަށް ކުރާ އަސަރު މަންމައަށް އެނގޭ ހެއްޔެވެ؟ މަދަރުސާގައި ކިޔަވާދޭ ބައެއް ފިލާވަޅުތައް އަހަރެންނަކަށް ނަގައެއް ނުގަނެވެއެވެ. މުދައްރިސް ކިޔަވާދެއްވާ އެއްޗަކަށް ސަމާލުކަމެއް ނުދެވެއެވެ. ހަދަންދޭ ތަމްރީނުތައް އަމިއްލައަށް ހަދާކަށް އަހަރެނަކަށް ނޭގެއެވެ ފިލާވަޅުތައް ނަހަދާތީ އާއި މުދައްރިސް ކުރައްވާ ސުވާލުތަކަށް ރަނގަޅު ޖަވާބު ނުދެވޭތީ އަހަރެނަށް އަދަބުދިނީ ކިތައް ދުވަހުކަން މަންމައަށް އެނގޭ ހެއްޔެވެ؟ އެގޮތަށް ކަންތައް ދިމާވާ ކޮންމެ ދުވަހަކު އަހަރެންގެ ހިތް ކުދިކުދިވެގެންދެއެވެ މަންމައަށް މިކަން އެނގޭ ހެއްޔެވެ؟ .ލޯބިވާ މަންމާއެވެ ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އަހަރެން ތަޖުރިބާ ކުރަމުން މިއައި ހިތާމައާއި ހިތްދަތިކަމުގެ ސަބަބުން އަހަރެންގެ ހިތް މިވަނީ ކުދިކުދިވާން ކައިރިވެފައެވެ. ލޮލުގެ ކުލަ ރަތްވެއްޖެއެވެ. އަޑު ކުރަކި ވެއްޖެއެވެ އަހަރެން ބޭނުންވަނީ ބޭނުންވާހާ އެއްޗެއް ބޭނުންވާހާ ގަނޑިއެއްގައި ހޯދައިދެވޭތޯ މަސައްކަތްކުރާ މަންމައެއް ނޫނެވެ އަހަރެން ބޭނުންވަނީ އަހަރެނަށް އަޅާލާ، އަހަރެނަށް ދިމާވާ ހިތާމަތަކާއި އުފަލުގައި ބައިވެރިވެ އަހަރެނަށް ލޯބިދޭނޭ މަންމައެކެވެ .އޯގާތެރިކަމާއިއެކު ނަޞޭޙަތާއި އިރުޝާދުދީ އެހީތެރިވާނޭ މަންމައެކެވެ .ލޯބިވާ މަންމާއެވެ އަހަރެންނާ ތަފާތު މިޒާޖުގެ ކުދިންނާ ބައްދަލުވެއެވެ. ފާޑުފާޑުގެ ކަންތައްތަކަށް އެކުދިން އަހަރެނަށް ވަސްވާސްދެއެވެ އަހަރެން ކުރާ ކަމެއްގެ ސަބަބުން އާއިލާއަށް ހުތުރު ނަމެއް ލިބުމުގެ ކުރިން އަހަރެނަށް ރަނގަޅާއި ނުބައި ބުނެދީ ބަލާށެވެ. މަންމަމެން ކުރިމަތީގައި ޒުވާބުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ މަންމަމެން ފަޚުރުވެރިވާފަދަ މޮޅުކުއްޖަކަށް އަހަރެން ބޭނުމެވެ. ހެޔޮކަމުގެ ތިލަފަތަށް ބަރުކުރާ، ހެޔޮލަފާ ރަނގަޅު ދަރިޔަކަށްވާން އަހަރެން ކިތަންމެހާވެސް ބޭނުމެވެ .ލޯބިވާ މަންމާއެވެ އަހަރެން ޣަރަޤުވަމުން މިދާ އެކަނިވެރިކަމާއި ހިތާމައިގެ ފުން ކަނޑުން އަހަރެން ސަލާމަތްކޮށް ރައްކާތެރިކަމުގެ އައްސޭރިއަކަށް އަހަރެން ގެންގޮސްދޭށެވެ ވިޔާނުދާ ބަޔަކު އަހަރެންގެ އަތުގައި ހިފުމުގެ ކުރިން އަހަރެންގެ އަތުގައި ހިފާ ސަލާމަތްކޮށްދޭށެވެ .މަގުއޮޅި ހަލާކުވެ ދިއުމުގެ ކުރިން އަހަރެންގެ އަތުގައި ހިފާ ސަލާމަތްކޮށްދޭށެވެ |
HTML Comment Box is loading comments...