ވަޅުލާފައިވާ ޚަޒާނާ
އެއް ޒަމާނެއްގައި މުރާލި ދީލަތި ދަނޑުވެރިއެއް އުޅެނެވެ. އޭނާއަށް ކަންނެތް ދަހި ހަތަރު ދަރިން ލިބުނެވެ. މަރަށް ޙާޟިރުވުމުން ދަނޑުވެރިޔާ ދަރިންނަށް ވަޞިއްޔަތެއް ކުރިއެވެ. އެއީ ވަރަށް ބޮޑު ރަން ޚަޒާނާއެއް ޢާއިލާގެ ދަނޑު ކޮނުމުން ފެންނާނޭ ކަމަށެވެ. ދަނޑުވެރިޔާ މަރުވުމުން، މިކުދިން ދަނޑަށް ގޮސް ދަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ކޮނެފިއެވެ. ނަމަވެސް ޚަޒާނާއެއް ނުފެނުނެވެ
ދަނޑުން އެއްވެސް ރަނެއް ނުފެނުމުން، ބައްޕަގެ ދީލަތިކަން ހަނދާންކޮށް، އެންމެ ފަހު ދުވަސްވަރު، ރަންތައް ބަހާލީކަމަށް ނިންމާ އެ ހޯދުން ހުއްޓާލީއެވެ. ނަމަވެސް ދަނޑު މިހާރު ވަރަށް ބޮޑަށް ފަސްގަނޑު ޖެހިފައިވާތީ ކޮންމެވެސް ގޮވާމެއް އިންދާ ހިތް ޖެހިއްޖެއެވެ. ދަނޑުގައި ގޮދަން އިންދުމުން ވަރަށް ރަނގަޅަށް ހެދިއްޖެއެވެ. އަދި އެއަހަރު މިގޮވާން ވިއްކައިގެން މިކުދިންނަށް ވަރަށް ބޮޑު ފައިދާއެއް ލިބުނެވެ
ގޮވާން ކަނޑައި ނިމުނު ތަނާހެން ބައްޕަގެ ވަޞިއްޔަތާއި މެދު އަނެއްކާ ވިސްނާ، ކުރީ ފަހަރު ދަނޑު ރަނގަޅަށް ނުކޮނެވުނީ ކަމަށް ނިންމާ، އަލުން އެދަނޑު އެއް ފުށުން އަނެއް ފުށަށް ޖެހިއެވެ. ނަމަވެސް މިފަހަރުވެސް ވަޅުލާފައިވާ ރަންތަކެއް ނުފެނުނެވެ. އަނެއްކާވެސް ދަނޑު ވަރަށް ބޮޑަށް ފަސްގަނޑު ޖަހައި ކޮނެވިފައިވާތީ، ގޮވާން އިންދައި ގޮވާން ހެދުމުން ކަނޑައި ވިއްކައިގެން ކުރީ ފަހަރު ހާ ބޮޑު ފައިދާއެއް މިފަހަރުވެސް ލިބުނެވެ
މިގޮތަށް ދެތިން ފަހަރު ދަނޑުކޮނެ ފަސްގަނޑުޖަހައި، ގޮވާން އިންދައި އޭގެ ފައިދާ ފެނުނު އިރު، އެކުދިން ގަދަ މަސައްކަތަށް ހޭނި، މޫސުންތަކުގެ ދައުރުވުން ދަސްވެއްޖެއެވެ. އަދި ބައްޕަގެ ވަޞިއްޔަތުގައި ފޮރުވިފައިވާ މާނަ މިކުދިންނަށް އެނގިއްޖެއެވެ. އަދި އެކުދިން، ބައްޕަ ފަދަ ތެދުވެރި، މުރާލި ދަނޑުވެރިންނަށް ވެއްޖެއެވެ. ދަނޑުވެރިކަމުން މުއްސަނދިވެ، ދަނޑެއްގައި ވަޅުލެވިފައިވާ ރަންތަކެއް ހޯދައިގެން ލުއިގޮތަކަށް ތަނަވަސްކަން ހޯދާހިތް ކެނޑިއްޖެއެވެ

މަޞްދަރު: 18 މޭ 2011 ގައި ދީން.އިންފޯ ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ނަކަލެއް
HTML Comment Box is loading comments...