ވަޅިރީތީ ތޫނިއްޔާއެވެ. އަނބިރީތީ ހެވިއްޔާއެވެ
ކޮންމެއެއްޗެއްވެސް ރަނގަޅުވުމަކީ، އެއެއްޗަކުން ހިފެންވާ ބޭނުން ރަނގަޅަށް ހިފުމެވެ. ވަޅިން ހިފަންވާ ބޭނުން ރަނގަޅަށް ހިފޭނީ އޭގައި ތޫނުކަން ހުރިއްޔާއެވެ. ހަމަ އެފަދައިން، އަނބިމީހާވެސް ރަނގަޅު އަނތްބަކަށްވާނީ، އުޅުންހުރި ގޮތްހުރި ހެޔޮމީހަކަށް ވިއްޔާއެވެ. މިބަސް އާންމުކޮށް ބޭނުންކޮށް އުޅެނީ އަނބިންނާ ބެހޭގޮތުންނެވެ
މޫދުގަލަކަށްމަހެއްވެއެވެ
ކޮންމެ މީހަކަށްވެސް އިންނާނެ މީހަކު ނުވެ ނުދާނެކަން ޔަޤީންކޮށް ދިނުމުގެ ގޮތުން ބުނެއުޅޭ ހިތްވަރުގެ ބަހެއް
.ގަހަށްނެތް ކުލުނެއް ފަތަކަށް ނުހުންނާނެއެވެ
މައިމީހާއަށް ނެތް ކުލުނެއް ދަރިފުޅަކަށް ނުހުންނާނެކަން އެންގުމުގެ ގޮތުން ބުނެ އުޅޭ ބަހެއް
.ތަށަށް ކިޔަނީ މަރިޔަބުހޭވެސް އަހައި ނުލިއެވެ
ތިމާ ދައްކާ ވާހަކައަށް އަނެކަކު ދެނަހުރި ކަމަށްވެސް ނުހެދިޔޭ ބުނުމަށް ބުނެ އުޅޭ ބަހެއް
ބަރު އެއްޗެއް ހިފަން / އުފުލަން ހިފައިހިފައި ގުޑާ ނުލުމުން ބުނެ އުޅޭ ބަހެއް
ބައްޔަށް ފަރުވާ ކޮށް ލުޔެއް ނުލިބުމުން ބުނެ އުޅޭ ބަހެއް
ބަރު އެއްޗެއް ހިފަން / އުފުލަން ހިފައިހިފައި ގުޑާ ނުލުމުން ބުނެ އުޅޭ ބަހެއް
ބައްޔަށް ފަރުވާ ކޮށް ލުޔެއް ނުލިބުމުން ބުނެ އުޅޭ ބަހެއް
ވަޑިންގެގެއަކު ދޮރެއް ނުހުންނާނެއެވެ
ރަގަޅު ބައެއް މަސައްކަތް ތެރީން އަމިއްލަގޭގައި ކުރަންޖެހޭ އެރޮނގުގެ މަސައްކަތް ނުނިމި ފަސްވެފައި ހުންނަ ހުރުމަށް ބުނެ އުޅޭ ބަހެއް
އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ
ނުބައި އެއްޗަކުން ރަނގަޅު އެއްޗެއް ނުއުފެދޭނެޔޭ ބުނުމަށް ބުނެއުޅޭބަހެއް
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ
ތިމާ ރުހޭ މީހަކަށް ކުރެވޭ ނުވަތަ ތިމާ މީހަކު ކުރާ ކުށެއް ގޯހެއް ކަމަކަށް ނުދެކޭނެޔޭ ބުނަން ބޭނުންކުރާ ބަހެއް
ކެޔޮކޭވަރު އެނގޭނީ ބިތުފަންގެ ނެގީމައެވެ
މީހަކަށް ލިބިފައިވާ މަޤާމެއްގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒުފައިދާ ނަގައިފައި ވާވަރު އެނގޭނީ، އެމީހާ އެމަޤާމަކުން ވަކިވީ ދުވަހަކުންކަން އެންގުމަށް ބުނެއުޅޭބަހެއް
ވިދާހާއެއްޗަކީ ރަނެއް ނޫނެވެ
ބޭރުފުށުން ފެންނަ ކޮންމެ ކުލަ ވަރަކީ ޙަޤީޤަތެއް ނޫނެވެ
މަހެއްފަހާލާވަރުގެ މަހެއް ހުރެދާނެ
ތިމާވަރު މޮޅުމީހަކު ނެތް ކަމަށް ހީވެގެން އުޅޭ މީހުނާ ދިމާއަށް ބުނެއުޅޭބަހެއް. މާނައަކީ އެކަކަށްވުރެ މޮޅު އަނެކަކު ހުރެދާނެއެވެ
ހަކުރުދެންޏާ ބޮޑުބޭބެ
ތިމާއަށް އެއްޗެހިދޭމީހާ ގާތްމީހެއްކަމަށް ވާނެކަން ބަޔާންކުރުމަށް ބުނާބަހެއް
ގިނައޮޅިގިރާކުރަންޏާ ގިނައަޑުއިވޭނެ
ގިނަތަންތަނަށް ވަދެ އުޅެންޏާ، އެމީހަކާމެދު ގިނަވާހަކަ ދެކެވި، ގިނަބަދުނާމުވާނެކަން އަންގައި ދިނުމުގެ ގޮތުން ބުނެއުޅޭބަހެއް
ކިތަންމެވަރަކަށް ދޮންކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ
ނުބައިމީހަކު ރަނގަޅޭ ކިޔައިގެން ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އެއީ ރަނގަޅު މީހެއް ނޫންކަން، އޭނާ ރަނގަޅެއް ނުވާނެކަން އެންގުމުގެ ގޮތުން ބުނެއުޅޭ ބަހެއް
ނަވަށްކުރާބާރު އެނގޭނީ ކެނބަށެވެ
ހިނގާ ޚަރަދާއި ހޭދަވާ ފައިސާ އެނގޭނީ އެކަމާ ހަވާލުވެގެން ހުންނަ މީހަކަށްކަން ދޭހަކޮށްދޭން ބުނެއުޅޭ ބަހެއް
ވަޅެއް ނުތެޅޭނެއެވެ. ތެޅޭނީ ދާންޏެވެ
މޮޅު މީހަކު ކުޅަ ވިޔާނުވާ ކަމެއްގެ ވާހަކަ ދެރަމީހަކު ދައްކައިގެން، ނުވަތަ މޮޅު މީހަކު ކުރާ ވިޔާނުވާ ކަމެއްގައި ދެރަ މީހަކު ބައިވެރިވެގެން، މޮޅު މީހާއަށް ގެއްލުމެއް ނުލިބި ނުވަތަ މާބޮޑު ދެރައެއް ނުލިބި ދެރަމީހާއަށް ދެރަލިބުނީމާ ދީއުޅޭ މިސާލުބަހެއް
ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ
ކަމަކަށް ހޭނި އާދަ ވެއްޖިއްޔާ އެކަމަކަށް ޖެހިލުމެއް ނުވާނެއެވެ
ގިނިދުށްމީހާ ރަތް މަލަށް ބިރުގަންނާނެއެވެ
ކަމެއްގެ އަދަބު ލިބިފައިވާ މީހާ އެފަދަ ކަމެއް ކުރުމަށް ޖެހިލުންވާނެކަން އެންގުމަށް ބުނެއުޅޭ ބަހެއް
ދުނިޔެހިނގަނީއެއްވަތުދަށުން އަނެއްވަތުމަތިންނެވެ
ދިރިއުޅުމުގައި ދިމާވާނީ އުފާލައި ހިތާމަޔާ ނުވަތަ ތަނަވަސްކަމާއި ފަގީރުކަން، ކަންބަޔާންކުރުމުގެ ގޮތުން ބުނެއުޅޭ ބަހެއް
ނުބީހެންޏާކަނޑާހަމަ
ކަމެއްވުން ކިތަންމެ ކައިރިވިޔަސް އެކަމެއް ނުވަންޏާ ފަރުވާލެއް ނެތޭ ބުނުމަށް ބުނެއުޅޭބަހެއް
ފާޅުނުވަންޏާ ނުކުރާ ކަމެކޭ އެއްފަދައޭ ބުނުމަށް ބުނެއުޅޭބަހެއް
ފާޅުނުވަންޏާ ނުކުރާ ކަމެކޭ އެއްފަދައޭ ބުނުމަށް ބުނެއުޅޭބަހެއް