އައްޝައިޚުލް މަރްހޫމް މުޙަންމަދު ޖަމާލުއްދީން
ދިވެހި އަދަބިއްޔާތުގައި އެންމެ ފުންނާބުއުސް އެއް އަދީބަކީ އައްޝައިޚުލް މަރްހޫމް މުޙަންމަދު ޖަމާލުއްދީން އެވެ. ނުވަތަ ދިވެހީން އާންމުކޮށް ކިޔާގޮތަށް ނަމަ ނައިބުތުއްތު އެވެ. އޭނާގެ ލިޔުންތެރިކަން ފެނިފައިވަނީ ދިވެހި އަދަބިއްޔާތުގެ ފިރުކެން ފެށި ދައުރުގައެވެ. ނައިބު ތުއްތު އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވީ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. އަދި ރާއްޖެއިން ބޭރުން އަރަބި ބަހާއި އިސްލާމްދީން ވަރަށް ރަނގަޅަށް އުނގެނިވަޑައިގަތެވެ. އަދި މިހާރުގެ
.ސްރީލަންކާއިންނާއި ސައޫދީ ޢަރަބިއްޔާއިންވެސް ޢިލްމު އުނގެނިވަޑައިގަތެވެ
ނާއިބު ތުއްތު އަކީ ދިވެހި ބަހުގެ އަދީބެކެވެ. ޝާޢިރެކެވެ. ދީނީ ޢިލްމާއި ޢަރަބި ބަހުގެ ޢިލްމަށް އަރައި ހުންނެވި ޢާލިމެކެވެ. އޭނާގެ ޢިލްމީ ޚިދުމަތް އަދި އަދަން ދާންދެން
.ދިވެހި އުދަރެހުން ފިލައި ނުދެއެވެ
ނާއިބު ތުއްތު އަކީ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުންގެ ޢީސާ ނާއިބު ތަކުރުފާނުންގެ ދަރިކަލެކެވެ.ޢީސާ ނާއިބު ތަކުރުފާނު އަކީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނުންގެ ޒަމާނުގައި މާލޭގެ ބޮޑު ނާއިބުކަމުގައި ހުންނެވި ބޭކަލެކެވެ. މީނާ މާލޭ ފުއްލާގޭ މަރިޔަމް ފުޅާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރިކަލަކީ ނާއިބު ތުއްތު އެވެ. ޢީސާ ނާއިބު ތަކުރުފާނުންގެ ނިޔާވުމުން މަރިޔަމް ފުޅާއި ކައިވެނި ބައްލަވައިގަތީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނުންގެ ދަރިކަލުން އަޙުމަދު ބަންޑާރަ ނާއިބު މަނިކުފާނެވެ. ނާއިބު ތުއްތު ބޮޑުވީ މިމަނިކުފާނުގެ އަރިހުގައި ހުންނަވައިގެންނެވެ
ނާއިބު ތުއްތުގެ ފުރަތަމަ އެދުރު ބޭކަލަކީ އަދި ޚާއްޞަކޮށް ރައިވަރުގެ އެދުރު ބޭކަލަކީ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނު އެވެ. ރައިވަރު ހަދަން ދަސްވުމަށްފަހު، ބަޑޭރި ޙަސަންމަނިކުފާނު އަދި އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭފާނުގެ ލިޔުންތައް ބައްލަވައި ދިރާސާ ކުރައްވައި ހެއްދެވި އެވެ. އަދި ބަނޑޭރި ހަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރަށް ނުލާހިކު ޢިލްމީ ޝަރަހައެއް ލިޔުއްވި އެވެ.އަދި އެތަކެތީގެ މޮޅާއި ދެރަ ވަކިކުރައްވައި އެތަކެއްޗާމެދު ވަރަށް މޮޅަށް ފާނޑު ކިޔާފައި ވެއެވެ. އެގޮތުން ތުއްތު ހިމެނެނީ ދިވެހި ލިޔުންތެރިކަމުގެ ސިލްސިލާ ބޮޑު ގެތެމުން އަންނަ ގޮތުން އޭގެ 3 ވަނަ ބޮޅު ކަމުގައެވެ.ރައިވަރުން ވަރަށް ގިނަ ތަކެތި ނާއިބު ތުއްތު ހައްދަވާފައި ވެއެވެ. އޭގެ ފޭރާންވެސް އެހާ ރަގަޅުމެއެވެ
ތުއްތު އަކީ ދިވެހި ބަހުގެ އެންމެ އިސް ސަފުގެ އަދީބެކެވެ. ފަޟީލަތުއްޝައިޚުލް މަރުހޫމް ހުސައިން ޞަލާހުއްދީން ވިދާޅުވާގޮތުގައި ބަޑޭރި ހަސަން މަނިކުފާނަށްފަހު ތުއްތު އާއި އެއްވަރަށް ޅެންކިޔުނު ނުވަތަ ރައިވަރު ހެދުނު ޅެންވެރިއަކު ދިވެހިރާއްޖެއަކު ނެތެވެ ނާއިބު ތުއްތުގެ ޢުމުރުން ދާދި ޅަފުރާގައި އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުންގެ އަރިހުން ޢަރަބި ކިޔެވުމާއިގެން މަޝްޣޫލުވެއްޖެ އެވެ. ތުއްތުގެ ފުރަތަމަ އެދުރު ބޭކަލަކީ އަދި ޚާއްޞަކޮށް ރައިވަރުގެ އެދުރު ބޭކަލަކީ މިމަނިކުފާނުއެވެ.މުހިއްބުއްދީން ފަނޑިޔާރު މަނިކުފާނު އަވަހާރަވެ، އިބްރާހީމް މަޖުދުއްދީން އަށް ފަނޑިޔާރުކަން ލިބުމުން އޭނާ އަރިހުން ކިޔަވާން ފެއްޓެވި އެވެ. އެދުވަސްވަރު ތުއްތު އަށް ބޮޑު ނާއިބުކަން ދެއްވި އެވެ. މަޖުދުއްދީން އަވަހާރަވި އިރު ތުއްތު ހުންނެވީ ފިޤުހު ޢިލްމާއި، ނުޖޫމީ ޢިލްމަށް ކުރިއަރައި މޮޅުވެފައެވެމޫސާ ބަދުރުއްދީން ފަނޑިޔާރު ކަމުގައިވެސް ބޮޑު ނާއިބަކީ ތުއްތު އެވެ. މޫސާ ފަނޑިޔާރު ތަކުރުފާނު ފަނޑިޔާރުކަން ދޫކުރައްވައި ރަށަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ނާއިބު ތުއްތު ސިލޯނަށް ނުވަތަ ސްރީލަންކާ އަށް ވަޑައިގެންނެވި އެވެ. ސިލޯނުގެ ބޭރު ވެލީގައި އޭރު ހުންނެވި، އަލްޢާލިމުލް ޢައްލާމާ އަލްޢާރިފް ބިﷲ އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް ރަހިމަހުﷲ މިކަލޭގެ ފާނަށް ދަރިވަރު ވިއެވެ ނައިބު ތުއްތު އަކީ ވަރަށް ރަގަޅަށް ޢަރަބި ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޢިލްމުވެރި އަދީބެކެވެ. ސިލޯނަށް ދުރުވެ ބޭރުވެލީގައި ހުންނަވައިގެން އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް އޭ ކިޔުނު ބޭކަލަކަށް ދަރިވަރު ވިއެވެ. އޭގެ ފަހުން އަރަބި ކަރަޔަށް ދުރުވެ އައްޝައިޚް އަޙުމަދު ޒައިނީ ދަޙްލާން އޭ ކިޔުނު ބޭކަލަކަށްވެސް ދަރިވަރު ވިއެވެ. އެއީ އެދުވަސްވަރު މުފްތީއެއްގެ ގޮތުގައި ހުންނެވި ވަރަށް ބޮޑު ޢިލްމު ވެރިއެކެވެ
ކުރިން ބުނެވުނު ދަތުރު އޮޅުދޫކަރަ ނުވަތަ ސްރީލަންކާގައި އުޅުއްވާފައި މާލެ ދުރުވީ ހިޖުރައިން 1300 ވަނަ އަހަރު އެވެ.ހިޖުރައިން 1303 ވަނަ އަހަރު ޙައްޖުވުމުގެ ގަސްތުގައި ސަޢޫދީ އަރަބިއްޔާ އަށް ދުރުވެ، މައްކާގައި ހުންނެވި އިމާމުލް މުތައައްޚިރީން މުފްތިލް ޙަރަމައިނި އަލްޢާލިމް އަލްޢައްލާމާ އަލްޢާރިފްބިﷲ އައްސައްޔިދު އަހުމަދު ޒައިނީ ދިޙްލާން ރަހިމަހުﷲ މިކަލޭގެ ފާނަށް ދަރިވަރުވުމުގެ މާތްކަން ޙާޞިލް ކުރެއްވި އެވެ. މިދަތުރު ކުރައްވާފައި މާލެ ދުރުވީ ކުޑަ ބަންޑާރައިންގެ ރަސްކަމުގައެވެ. ނާއިބު ތުއްތު ފަނޑިޔާރުކަމަށް އިސްކުރެއްވީ މިދަތުރުން މާލެ ދުރުވި ފަހުންނެވެ. އެއް އަހަރު ދުވަސްވަންދެން ފަނޑިޔާރުކަން ކުރެއްވުމަށްފަހު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި އެވެ
ހިޖުރައިން 1306 ވަނަ އަހަރު އައްސުލްޠާން އިބްރާހީމް ނޫރައްދީން ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެ ވަޑައިގަތްތަނާ ނާއިބު ތުއްތު ބ.ފެހެންދޫ އަށް އަރުވާލެވުނެވެ. ދެން މާލެ ގެނައީ 1310 ވަނަ އަހަރު އެވެ. 11 ޛުލްޙައްޖާ 1321 ގައި ނާއިބު ތުއްތު ދ.މާއެނބޫދޫ އަށް އަރުވާލެވުނެވެ. އެރަށުގައި ހުންނަވަނިކޮށް 23 ރަމަޟާން 1325 ގައި އުމުރުން63 އަހަރުގައި ތުއްތު އަވަހާރަވި އެވެ

:ނައިބުތުއްތު ލިޔުއްވާފައިވާ ބައެއް ފޮތްތައް
ކުޑަ ތަރުތީބު
ބޮޑު ތަރުތީބުއަފްޟަލުލް މަރާބިޙު
މިންހަތުލް މަންނާނު
ތާނަ ލިޔުމުގެ ޤަވާއިދު
.މީގެ އިތުރަށް އޮޑިދޯނިފަހަރުގެ ރިޔާ ކަނޑައި އުޅުނު މިންތަކާއި އެ ކަނޑާގޮތާއި ބެހޭ ފޮތެއްވެސް ތުއްތު ލިޔުއްވިއެވެ
:ނައިބުތުއްތު ލިޔުއްވާފައިވާ ބައެއް ރައިވަރުތައް
ދަގަނޑު ދަހަނާ
މުޑަނުފޮތް
ސުއްކަތުރާ ޚަބަރު ) ޚަބަރުފޮތް)
މިފޮތަކީ ހިޖުރައިން 1308 ވަނަ އަހަރު ނައިބު ތުއްތު ބ.ފެހެންދޫ އަށް އަރުވާލާފައި ހުންނެވި ދުވަސްވަރު ލިޔުއްވި ފޮތްތަކުގެ ތެރެއިން ފޮތެކެވެ
ތަޤްވީމުއްލިސާނީ
މިފޮތަކީ ހިޖުރައިން 1308 ވަނަ އަހަރު ނައިބު ތުއްތު ބ.ފެހެންދޫ އަށް އަރުވާލާފައި ހުންނެވި ދުވަސްވަރު ލިޔުއްވި ފޮތްތަކުގެ ތެރެއިން ފޮތެކެވެ. މިފޮތުގައި ވަނީ ދިވެހި ބަހުގެ ގަވާއިދެވެ
ރާޒުވާ
ރައިވަރުގެ މިސިލްސިލާގައި ބޭރު ފުށުން ފެންނަން އޮތީ ރާޒުވާ ކުޅުމުގެ ބައެއް އުކުޅުގެ ވާހަކަ އެވެ. ބައެއް ކުޅީގެ މުހިއްމު ކަމާ ބެހޭ ވާހަކަތަކެވެ. ނަމަވެސް ބޯތުނބުޅި ކޮށުން، މަނާކުޅަ ބޮޑުބޯ، މަނާ ތުބުގައި ނާޅާނޭހޭ ބުނުމުން މީގައި ކޮންމެވެސް އެހެން މާނައެއް ވާކަމަށް ގަބޫލު ކުރެވެއެވެ
ލަކުޑިފޮތް
މިފޮތުގައި ވަނީ ރާއްޖޭގައި ހުރި ލަކުޑީގެ ބާވަތްތަކާއި، ބޭރުން ދިވެހިރާއްޖެއަށް ގެނެވޭ ލަކުޑީގެ ބާވަތްތަކާއި މެދު ވާހަކަ ދައްކަވާފައެވެ. މިފޮތުގައި އެކި ކަހަލަ ލަކުޑި ކޮށޭނީ އެކި ކަހަލަ ފުރޮއިން ކަން ހާމަކުރައްވާފައި ވެއެވެ. އަދި އާދައިގެ ފުރޮއިން ނުކޮށޭ ބާވަތުގެ ލަކުޑި ހުންނަކަން ވެސް ހަދާން ކޮށްދީފައި ވެއެވެ
ފަހު ޒަމާން
މިފޮތުގައި ފަހުޒަމާނުގެ އަލާމާތް ތައް ކަމަށް ވަރަށް ގިނަ ކަންތައްތައް ލިޔުއްވާފައި ވެއެވެ
އަފްލާޠޫން
ސުވޭހު ހަކުރު
ނަމެއް ނެތި
ސިއްކަ މޮހޮރީ

HTML Comment Box is loading comments...