މުސްލިމުންގެ ތާރީހުން ޢިބްރަތް ޙާޞިލް ކުރަމާ
މުސްލިމުންގެ މާޒީއަކީ ޝަރަފުވެރި މާޒީއެކެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ، ހިތްވަރުން ފުރިގެންވާ، އުއްމަތަށް ކުރާ ލޯތްބެއްގެ ބޮޑުކަމުން، އެ މޫރިތިކަމުގެ ފުރަމާނަ ދުނިޔެ ދެކެފައިވާ ބައެކެވެ. އެދުވަސްވަރު އަހަރެމެންގެ ކާބަފައިންގެ ކިބައިގައި އަނިޔާ ލިބޭމީހުންގެ އާދޭހަށް އިޖާބަދިނުމުގެ ފިރިހެންވަންތަ ސިފަހުއްޓެވެ. އެހެންކަމުން އެދުވަސްވަރު މުސްލިމުންނަކީ ދުނިޔޭގެ ލޯތަށް ޙުރުމަތާއި ޢިތްޒަތާއިއެކު ބަލާ ބައެކެވެ. ކަމޭހިތުމާއި ޖެހިލުންވުމާއި އެކުގައެވެ
އެދުވަސްވަރު ދުނިޔޭގެ އެކިއެކި ހިސާބުތަކުގައި އަނިޔާލިބެމުންދިޔަ މީސްތަކުން މުސްލިމުންގެ ހިޔާވަހިކަމަށް އެދިއެދި ވިއެވެ. މުސްލިމުން އެކަންޏެއްނޫނެވެ. އެހެނިހެން ދީންތަކުގެ މީސްތަކުންވެސްމެއެވެ. ސިންދުގެ އަނިޔާވެރި ރަސްގެފާނު ރާޖާދާހިރު، ސަރަންދީބުން ޢަރަބި ޤައުމުތަކަށް ދަތުރުކުރިނަވެއް އަތުލައިގަތެވެ. މުސްލިމުންގެ އެތަށްބަޔަކު ޝަހީދުކޮށް މުސްލިމު ކުޑަކުދިންނާއި އުޚްތުންތަކެއް ހައްޔަރުކުރިއެވެ. އެވަގުތު މުސްލިމު އުޚްތަކު ޙައްޖާޖް ބިން ޔޫސުފަށް އެހީއަށް އެދި ގޮވިއެވެ. މުސްލިމުން މިކަމާއި ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރީކީ ނޫނެވެ. ނަތީޖާ އަކަށްވީ މުސްލިމުންގެ ކަނޑިތަކާއި ލޮންސިތައް އަތުކޮޅަށް ދަމާލުމެވެ. މުސްލިމުންގެ ޔަތީމުކުދިންނާއި އުޚްތުންނަކީ، ނަޢަމްސޫފީގެ ބީދައިން ޤައުމުތަކުގެ ބާޒާރުތަކުގައި ވިއްކޭނޭ ބައެއްނޫންކަން އެބައިމީހުން ސާބިތުކޮށްދިނެވެ. އަދި މީލާދީން 713 ވަނަ އަހަރުގެ ޖޫންމަހު ރާޖާދާހިރަށް އެކަމުގެ ޙައްޤުއަދަބުދިނެވެ
ޤުސްޠަންތީނިއްޔާގެ ބައިޒަންޓައިން އެންޕަޔަރގެ ރަސްކަލެއްކަމުގައިވާ ތެއޮފިލަސް މީލާދީން 832 ވަނަ އަހަރު ވަރަށްބޮޑު ލަޝްކަރަކާއިގެން މުސްލިމުންގެ ސަރަޙައްދަށް ޙަމަލާދިނެވެ. މަލްތިއްޔާގައިހުރި މުސްލިމުންގެ ކިއްލާއެއް ހިފައި މުސްލިމުންގެ އެތައްބަޔަކު ޝަހީދުކޮށްލިއެވެ. އެޙާދިޘާގައި ބައިޒެންޓައިން ސިފައިން ހައްޔަރުކުރި މުސްލިމް އުޚްތަކު އޭރު ބަޣުދާދުގައި ހުންނެވި ޢައްބާސީ ޚަލީފާ އަލް މުޢުތަޞިމަށް އެހީއަށްއެދި ގޮވިއެވެ
އަލްމުޢުތަޞިމުގެ އަރިހަށް އެޚަބަރު ގެނައިމީހުން އެވާހަކަދެއްނެވުމުގެ ތެރޭގައި މުސްލިމް އަންހެނަކު ހައްޔަރުކުރި ވަގުތު އަމީރުގެ އެހީފުޅަށް އެދި ގޮވިވާހަކަ ދެންނެވުމާއިއެކު [ލައްބައެވެ. އަޅުގަނޑު އަތުވެއްޖައީމެވެ.] ވިދާޅުވަމުން ތަޚުތުން ތެދުވެ ވަޑައިގެންނެވިއެވެ. އަދި ގަނޑުވަރުގެ މައްޗަށް އަރުއްވައި ލަޝްކަރަށް ދަތުރުފެށުމަށް އަމުރުކުރެއްވިއެވެ. ވަރަށް ވަރުގަދަ ލަޝްކަރަކާއި އެކު ޚުދު އޭނާ ވަޑައިގެން ޢުމޫރިއްޔާ (އެމޯރިއަމް) ފަތަޙަކުރައްވައި މުސްލިމް އަސީރުން ސަލާމަތްކުރެއްވިއެވެ
މިއަދު އަހަރެމެންގެ ޙަލަކީ ކޮބައިތޯއެވެ؟ ޑިމޮކްރަސީއާއި ތަހުޒީބުގެ ދަށުން އިންސާނީ ޙައްގުތަކުގެ އަޑުއުފުލާއިރު، ކޮންމެދުވަހަކު ފަލަސްޠީނާއި، ޕާކިސްތާނާއި، އަފްޣާނިސްތާނާއި، ސޯމާލިޔާއާއި، ޝިޝާން އަދި އިރާޤް އަދިވެސް މިނޫންވެސް އެހެނިހެން ތަންތަނުގައި މުސްލިމުންގެ ކިތައް މީހުން ޝަހީދު ކޮށްލާތޯއެވެ؟ މުސްލިމުންގެ ތާރީޚުން ޢިބުރަތް ނުހޯދާނަމަ އަޅުގަނޑުމެންގެ ޙާލަކީ ކޮބާއިތޯއެވެ؟

މަޞްދަރު: 02 އޮގަސްޓު 2011 ގައި ދީން.އިންފޯގައި ޝާއިޢުކޮށްފައިވާ ލިޔުމެއް ނަކަލު ކުރެވިފައި
HTML Comment Box is loading comments...