ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް ނާރާށެވެ
ބަސްގަބޫލު ނުކުރާ ބަޔަކަށް މަގުދައްކާ މީހަކަށް ނުވާށެވެ
ފޫނެތްފަޔަށް ފެންފުރުން
ފައިދާއެއްނެތް މަސައްކަތް ކުރުން
ފެންކައްކާބޮލީގެޢިއްޒަތް
ވަކިމީހެއްގެ ފަރާތުން ނޫނީ ފުއްދެން ނެތްކަމެއް، އެމީހަކު ލައްވައި ކުރުވަން ވީމާ އެމީހަކަށް ކަމޭހިތާ ކަމޭހިތުން.
ކަނދިކަމަނާމަސްތެލުލުން
) ތިމާކުރާން އުޅޭ މަސައްކަތުގެ ގިނަބައި ތިމާއިންތާ އިނދެގެން އެހެން މީހުންލައްވައި ކުރުވައިފައި މިކުރިކަމެއް ރަނގަޅުވެއްޖެއްޔާ ތިމާ ކުރިކަމެއް ކަމުގައި ހަދައި، ނުބައި ވެއްޖިއްޔާ އެހެންމީހުން މަތީއެޅުވީމާ ދީ އުޅޭ މިސާލެއް
ތޮށަލިތަކުރާޖެހުނު ވިގަނި
މީހެއްގެ ފަހަތުން ދުރަށްނުގޮސް އުނދަގޫވާގޮތަށް އަޅައިގަނެގެން އުޅޭމީހާއާމެދު ބުނެއުޅޭ ބަހެއް
ބަޑިތަކުރުވިހޭރޭ އަލަފަތްއައިހެން
ނުލިބިގެން އުޅުނު އެއްޗެއް ކުއްލިއަކަށް މާގިނައިން ލިބުނީމާ ބުނެއުޅޭ މިސާލުބަހެއް
ކުކުޅަށްވުރެ ބިސްދޮށިވުން
ތިމާޔަށް ވުރެ ކަމަށް އެކަށީގެންވާ މީހުން ތިއްބާ އެކަމަށް އިސްވެގަނެގެން އުޅުން
ތެޔޮނާށިކާޅުގެންދިއުން
ހިތާވެގެންއުޅޭ އަންހެންކުއްޖާ އެހެންފިރިހެނަކު އަތުލައިގަތުން
ރައްޓެހިވެގެން ނުވަތަ ހިތާވެގެންއުޅޭ އަންހެންކުއްޖާއާއި އެހެންމީހަކު އިނުން
ރައްޓެހިވެގެން ނުވަތަ ހިތާވެގެންއުޅޭ އަންހެންކުއްޖާއާއި އެހެންމީހަކު އިނުން
ގަރަނބުހުކުރަށްދާހެން
ދާންއުޅޭތާކަށް މާކުރިންދާން ނިކުތުމުން ބުނެއުޅޭ ބަހެއް
މުޅިއޮޑީގައިހަސަނުދެފައި
ތަނެއްގައި ނުވަތަ ކަމެއްގައި މީހުންނަށް އުނދަގޫ ވާގޮތަށް އެމީހެއްގެ ތަކެތި ބަހައްޓައިގެން އުޅޭ މީހުންނާ މެދު ބުނާބަހެއް