ތައުބާ
އެއްދުވަހަކު އިއްބާން ބިން ޞާލިހް، އަނަސް ބިން މާލިކް رضي الله عنه ގެ އަރިހުން ވަޑައިގެން ބާޒާރަށް ދިޔަ މަގުމަތީގައި މައްޔިތަކު ވަޅުލުމަށްޓަކައި ސަންދޯކެއް ހިފައިގެން ދިޔަ ހަތަރު މީހަކާއި ބައްދަލުވިއެވެ
އިއްބާން ވިދާޅުވިއެވެ. "މިއީ ހަމަކަށަވަރުން އާދަޔާ ހިލާފު ކަމެކެވެ. ބަޝަރާގެ ބާޒާރު މީހުންނާއިވެގެން ފުރިބާރުވެފައިވާ އިރު މިޖަނާޒާގައި ބައިވެރިވުމަށް މިދަނީ އެންމެ ހަތަރު މީހުންނެވެ. ހަމަޔަޤީނުންވެސް ފަސްވަނަ މީހެއްކަމުގައި ތިމަން ވާނަމެވެ. ޤަބުރަސްތާނަށް ވަނުމަށްފަހު، މައްޔިތާގެ މައްޗަށް ދުޢާކުރުމުގެ ކުރިން އިއްބާން އެމީހުންކުރެ އެއްސެވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިމައްޔިތާގެ ބެލެނިވެރިއަކީ (ނުވަތަ ތިމާގެމީހަކީ) ކާކުތޯއެވެ؟ އެއީ އެމައްޔިތާގެ މައްޗަށް އިސްވެ ނަމާދު ކުރުމަށްޓަކައެވެ. އެބައިމީހުން އެއްއަޑެއްގައި ޖަވާބު ދިނެވެ. އޭނާއާއި ގާތްކަންހުރި މިންވަރުގެ ގޮތުން ތިމަންމެން އެންމެން ހަމަހަމައެވެ. އެހެންކަމުން ތިބާ (އިއްބާން) އިސްވެ ނަމާދުކުރައްވާށެވެ." ދެން އެމައްޔިތާގެ މައްޗަށް ދުޢާކޮށް ނިމި، ކައްވަޅުގެ ތެރެއަށްލައި އެމައްޔިތާ ވަޅުލިއެވެ. މިހުރިހާކަމެއްކޮށް ނިމުމުން އިއްބާން ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ. (ދެންމެ މިވަޅުލި) މައްޔިތާގެ ހަޤީޤަތަކީ ކޮބައިތޯއެވެ؟
ޖަވާބުގައި އެބައިމީހުން ދެންނެވިއެވެ. "އަހަރެމެންގެ ތެރެއިން އެކަކަށްވެސް އޭނާގެ ހަބަރު ލިބިފައެއް ނުވެއެވެ. އަހަރެމެންނަކީ އެމައްޔިތާ ވަޅުލުމަށްޓަކައި އަންހެނަކު ބުނެގެން، އޭނާއަށް މަސައްކަތް ކޮށްދިން މަސައްކަތު މީހުންތަކެކެވެ
ދެން ޢިއްބާން އެނބުރި ވަޑައިގަތް ހިނދު އަންހެނަކު އެޤަބުރުގެ ކައިރިއަށްގޮސް އިރުކޮޅެއް ވަންދެން އިށީދެގެން އިނުމަށްފަހު، ހެމުން ހެމުން ތެދުވެގެން ދިޔައެވެ. ޢިއްބާން އެއަންހެނާގެ ކައިރިއަށް ދަމުން ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ. މިއީ ހަމަޔަޤީނުންވެސް އާދަޔާ ހިލާފުކަމެކެވެ. ވަޅުލެވިފައިވާ މިމީހާއާއި މެދު (ތިމާގެ މީހެއް ނުވަތަ ރަހުމަތްތެރިއެއް) ތިއަންހެނާ ހެނީ އެވެ
އެ އަންހެނާ ދެންނެވިއެވެ. "ތިބާއާއި ގުޅުމެއް ނުވާ ކަންތައްތަކަށް ތިބާ ބެހިގެން ތިއުޅެނީ ކޮންފަދައަކުން ހެއްޔެވެ؟ އިއްބާން ތަކުރާރުކޮށް ވިދާޅުވިއެވެ. (ދެންމެ ހިނގައިދިޔަ ކަންތައްތައް) ކިޔައިދޭށެވެ. "ހަމަޔަޤީނުންވެސް އަހުރެންނަކީ އަނަޞް ބިން މާލިކުގެ ޙާދިމެއް ކަމުގައިވާ އިއްބާންއެވެ. އަދި އެކަލޭގެފާނަކީ ރަސޫލާ (صلى الله عليه وسلم) ގެ ޙާދިމެކެވެ
"ތިބާއަކީ ތިޔަ ބުނިފަދަ މީހެއްކަމުގައި ނުވީނަމަ ތިމަންގެ މިވާހަކަ ދުވަހަކުވެސް ކިޔައި ނުދިނީމުހެވެ. މިޤަބުރުގައި ވަޅުލެވިފައި އެވަނީ އަހަރެންގެ ފިރިހެން ދަރިފުޅެވެ. އޭނާއަކީ ފަރުވާ ކުޑަ، އޭނާގެ އަމިއްލަ ނަފްސު ގެއްލެވިވެފައިވާ ކުއްޖެކެވެ. ރޭގައި އޭނާ ވަރަށް ބޮޑަށް ބަލިވުމުން އޭނާގެ ކައިރިއަށް ދިއުމަށް އެދި އޭނާ އަހަރެންނަށް ގޮވާލިއެވެ. ދެން އަހަރެން އޭނާގެ ކައިރިއަށް ދިއުމުން (މަރަށް ހާޞިރުވެފައިވާ މީހެއް ފަދައިން) އޭނާ އެދޭ ގޮތަށް ކަންތައްތައް ކޮށްދިނުމަށް އެދުނެވެ. އަހަރެންގެ ފުށުން އޭނާއަށް ފުރިހަމަ ކުރަންޖެހޭ ކަމެއް އޭނާ އެދޭނަމަ އެކަމެއް ބުނުމަށް އަހަރެން އެދުނީމެވެ. އޭނާ އެދުނީ އޭނާގެ މަރު އެހެން މީހުންނަށް ސިއްރުކުރުމަށެވެ. ދެން އޭނާ ބުންޏެވެ. "ދެން އަހަރެން ކައްވަޅުތެރެއަށް ލައި ނިމުމުން ތިބާގެ ދެއަށް ﷲ ތަޢާލާއަށް އުފުލައި އަހަރެންގެ ފާފަފުއްސެވުމަށް އެދި ދުޢާކުރާށެވެ. އަދި ބުނާށެވެ! އޭ އަޅުގެވެރި ރައްބެވެ! މިއަޅާވަނީ އޭނާއާއި މެދު ރުހިގެންނެވެ. އެހެންކަމުން އިބައިލާހުގެ ރުހިވޮޑިގަތުންވެސް އޭނާގެ މައްޗަށް ލައްވާންދޭވެ! އޭ މަންމާއެވެ! ދެން ތެދުވެ އަހަރެންގެ މޫނުމަތީގައި ފައިން އަރާށެވެ. އަދި ބުނާށެވެ. "މިއީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވީ ކަމުގެ ސަޒާއެވެ." ދެން އަހަރެން އޭނާ ބުނިހެން ކަންތައްތައް ކުރީމެވެ. އަދި އޭނާގެ މޫނުމަތިން އަހަރެންގެ ފައި ނެގިއިރު އޭނާވަނީ މަރުވެފައެވެ. ދެން އަހަރެން މިހަތަރު މީހުން ކުއްޔަށް ހިފީމެވެ. އެއީ އޭނާ ހިނުވައި، ކަފުންކޮށް، ޤަބުރަސްތާނަށް ގެންގޮސް އަދި ވަޅުލައި ދިނުމަށްޓަކައެވެ. ދެން އެމީހުން ފަސްދީ ދިއުމުން، އަހަރެން މިޤަބުރުކައިރިއަށް އައިސް އަހަރެންގެ ދެއަތްތިލަ އުފުލައި ދުޢާކުރީމެވެ. "ރަހުމްކުރާ މީހުންނަށް އެންމެ ރަހުމާންވަންތަ އިލާހެވެ. އަދި ދީލަތި މީހުންނަށް އެންމެ ދީލަތިވޮޑިގެންވާ އިލާހެވެ. އިބަ އިލާހު އަޅަމެންގެ ސިއްރާއި ހަޤީޤަތް ދެނެވޮޑިގަންނަވައެވެ. އަދި ފާޅުވެގެންވާ ކަންތައްތަކާއި ވަންހަނާ ވެގެންވާ ކަންތައްތައްވެސް މެއެވެ. ހަމަކަށަވަރުން މިއަޅާގެ އެފާފަވެރި ދަރިފުޅު އިބައިލާހަށް ދުޢާކުރަނީ މިނިކަމެތި އޭނާގެ ފަޤީރު މަންމަގެ ފުށުން އޭނާއަށް ރުހިގެންވާ ހާލުގައެވެ. ހަމަކަށަވަރުން މިއަޅާ އޭނާއާއި މެދު ރުހެމެވެ. އެހެންކަމުން އިބައިލާހުގެ ރުހިވޮޑިގަތުން އޭނާގެ މައްޗަށް ލައްވާންދޭވެ." ދެން ކައްވަޅުގެ ތެރެއިން އަހަރެންނަށް އަޑެއް އިވުމެވެ. "މަންމާއެވެ" އެނބުރިދާށެވެ! އަހަރެންވަނީ އެންމެ ދީލަތިވަންތަ އިލާހުގެ ހަޞްރަތަށް ވާސިލުވެފައެވެ. އަދި އެއިލާޙު ވަނީ އަހަރެންގެ ފާފަތަށް އަފޫ ކުރައްވާފައެވެ." އަހަރެން އުފަލުން ހެމުން ހެމުން ނުކުމެގެން ހިނގައިގަތް ސަބަބަކީ އެއީއެވެ

މަޞްދަރު: ދީން.އިންފޯ ގައި ލިޔެފައިވާ ލިޔުމެއް ނަކަލު ކުރެވިފައި
HTML Comment Box is loading comments...