ގަރަހިތަހަނދާން
ކުއްލިއަކަށް ކަމެއް ހަނދާން ނެތިއްޖޭ. ބުނުމުން ބުނެއުޅޭބަހެއް
ހަނދާން ބަލިމީހުންގެ ހަނދާނާމެދު ބުނެއުޅޭ ބަހެއް
ހަނދާން ބަލިމީހުންގެ ހަނދާނާމެދު ބުނެއުޅޭ ބަހެއް
ކުޅަނދުރު ހަތަޔަށް އޮއްގައުލުން
ތިމާގެ މައްޗަށް ގަދަކަން ފޯރުވޭވަރުގެ މީހަކަށް ނުވަތަ ބަޔަކު ރުޅިއަންނާނެ ކަމެއްކުރުން
ހިޔަންޏަށްމުޑިނެގުން
ކަމެއް ޙާސިލުވެދާނޭކަމަށް ހީކޮށް އޭގެ އަސްލެއްނެތި އެކަމެއް ލިބިއްޖެނަމަ ކުރަންވީ ަކަންތައްތައް ހޯދައި، މީހުން ހިނިއަންނަ ދަރަޖައަށް އެކަމައިގެން އުޅުން
ބޮއްކުރާދޮށަށް އޮޑިކެނބުން
ފިރިހެނުން ހޯދަން އަންހެނުން ދިއުން
ނޯކަރު މީހާގާތަށް ސާހިބުމީހާ ކަންތަކާ ދިއުން
ނޯކަރު މީހާގާތަށް ސާހިބުމީހާ ކަންތަކާ ދިއުން
ބިސްމަޅި ދުއްވުން
ހީލަތުން ކަމެއް ހޯދާން އުޅުން
މުގޯލިއެޅުން
އެއްހިސާބުގަނޑެއްގައި ގިނައިރުވަންދެން ބުރު ޖަހަޖަހާ ހުރުން
ގަހުގަތްބުރަށްހުރި
އެއްވެސް ތަރުބިއްޔަތެއްނެތް
އަލިހަނޑޫބަނޑަށްދިނުން
ތަކެތި ހުސްވެގެންގޮސް ބޭނުންނުކޮށް ރައްކައުކޮށްފައި ހުންނަ އެއްޗެހި ނަގައި، ގެންގުޅޭންޖެހުން