ޑައިނަސޯރ
މީގެ 160 މިލިޔަން އަހަރު ކުރިން ދުނިޔޭގައި ރަސްކަން ކުރި ޑައިނަސޯރގެ ނަން އައިސްފައިވަނީ ގްރީކް ދެބަހުން ކަމަށްވާ ޑެއިނޯސް އަދި ސައިރޮސް އިންނެވެ . ޑެއިނޯސް ގެ މާނައަކީ ބިރުވެރި ނުވަތަ ހިތަށް ބިރުވެރިކަން ގެނުވާފަދަ ސިފަ ކަމަށްވާއިރު ސައިރޮސްގެ މާނައެއް ކަމުގއިވަނީ ބުނެވެނީ ބޮނޑެވެ. ވުމާއެކު ޑައިނަސޯރ އަށް އެނަން ދެވުނީ އޭތި ބިރުވެރި ބޮޑަކާއި ވައްތަރު ވުމުންކަމަށްވެސް އެކަށީގެންވެއެވެ
ޑައިނަސޯރގެ "ފޮސިލް" އެއް އެންމެ ފުރަތަމަ ފެނިފައިވަނީ 19 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. 2008 ވަނަ އަހަރު ނިމުނު އިރު ތަފާތު 1047 ވައްތަރެއްގެ ޑައިނަސޯރ ފާހަގަ ކުރެވި ނަންދެވިފައިވެއެވެ
މިހާތަނަށް ފެނިފައިވާ އެންމެ ދިގު ޑައިނަސޯރގެ އިސްކޮޅުގައި 27 މީޓަރު / 87 ފޫޓް ހުރެއެވެ. ޑިޕްލޮޑޮކަސް އޭ ކިޔޭ މި ޑައިނަސޯރގެ ކަށިގަނޑު ފެނިފައިވަނީ އެމެރިކާގެ ރަށެއް ކަމުގައިވާ ވިޔޮމިންގްއިންނެވެ. 1907 ވަނަ އަހަރުވަނީ މިކަށިގަނޑު އާއްމުކޮށް ފެންނާނޭހެންޕިޓްސްބާރގްގެ ދާރުލްއާސާރެއްގައި ބެހެއްޓިފައެވެ
މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި އެންމެ ކުޑަ ޑައިނަސޯރ
އިސްކޮޅު ކޮތަރަކާއި އެއްވަރެވެ . އަދި މިހާތަނަށް މިބިންމަތި އުޅުނު އެންމެ ބޮޑު ޑައިނަސޯރގެ ބަރުދަނުގައި 120،000 ކިލޯގްރާމް 260،000 އެލްބީ ހުރެއެވެ
ސައިންޓިސްޓުން ގެ ގިނަ ބަޔަކު ޤަބޫލޮކުރާ ގޮތުގައި ދުނިޔެއިން ޑައިނަސޯރ ގެ އާބާދީގެ ބޮޑުބައެއް ނެތިދިޔައީ "އެސްޓްރޮއިޑް ކޯލިޝަން ތިޔަރީ" ގެ ސަބަބުންނެވެ މިތިޔަރީ ބުނާގޮތުން މީގެ 65 މިލިޔަން އަހަރު ކުރިން ދުނިޔެއަށް ވެއްޓުނު އެސްޓޮރޮއިޑް ތަކުގެ ސަބަބުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުފެދުނު ހޫނުގެ ޝިކާރައަކަށް ޑައިނަސޯރ ތައް ވިއެވެ
ހުރިހާ ވައްތަރެއްގެ ޑައިނަސޯރވެސް އުޅެފައިވަނީ އެއްގަމުގައި ކަމާއި ގިނަ އަދަދެއްގެ ބަޔަކު ޤަބޫލްކުރާ ގޮތަށްއުދުހޭކަމަށް ބުނާ ޕެޓްރޯސޯރަސް އާއި ކޯރުތަކުގަޔާއި މޫދުގައި އުޅުނު އިޗްތިޔޮސޯރަސް އަކީ ޑައިނަސޯރ އާއި ވައްތަރު ގޮތެއްހުރި ނަމަވެސް ޑައިނަސޯރގެ ތެރޭގައި ހިމެނޭ އެއްޗެހި ނޫންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ
ދުނިޔޭގެ ވެރިކަން 165 އަހަރު ވަންދެން ޑައިނަސޯރ ތައް ކުރި ކަމުގައި ވިޔަސް އިންސާނުން އަދި ދުނިޔޭގައި އުޅޭތާ މިވީ އެންމެ އެއް މިލިޔަން އަހަރެވެ
ޑައިނަސޯރއަކީ ދުނިޔޭގެ ތާރީޚުގައި އުޅުނު އެންމެ ބޮޑު ޖަނަވާރުކަމަށްވިޔަސް ޑައިނަސޯރގެ ވައްތަރުތަކަށްވުރެ ބޮޑުމަސް މާބޮޑު ތަންވެސް ބޮޑުކަމަށްވެއެވެ
އެންމެންގެ މަޤްބޫލު ޓްރައިނޮސޯރަސް ނުވަތަ ޓީރެކްސް އަކީ 40 ފޫޓް ދިގު އަދި އިސްކޮޅުގައި 15 ނުވަތަ 20 ފޫޓް ހުންނަ 5 ޓަނާއި 7 ޓަނާއި ދެމެދުގެ ބަރުދަނެއް ހުންނަ އެއްޗެކެވެ . ޓީރެކްސްގެ "ފޮސިލް" އެއް އެންމެ ފުރަތަމަ ފެނިފައިވަނީ 1902 ވަނަ އަހަރުގައެވެ
ސްޓެގޯސޯރަސް އަކީ "ހާބިވޯރ" އެއް ކަމަށް ވިޔަސް އޭގެ ބަރުދަނުގައިވެސް 6800 ޕައުންޑް ނުވަތަ 3100 ކިލޯގްރާމް ހުރެއެވެ
.ޓްރައިސެރަޓޮޕްސް އަކީވެސް ސްޓެގޯސޯރަސް ފަދައިން "ހާބިވޯރ" އެކެވެ ޓްރައިސެރަޓޮޕްސް އަށް އެނަން ދެވުނީ އޭގައި ތިން ދަޅު ހުންނާތީއެވެ . އަދި އެދަޅު ތަކުގެ ބޭނުން އޭގެ ދުޝްމަނުންނާއި ކުރިމަތިލާއިރު ބޭނުންކުރާތީއެވެ
ހުރިހާ ވައްތަރެއްގެ ޑައިނަސޯރ އެއް ދުނިޔޭގައި އުޅެފައިވަނީ އެއް ދުވަސްވަރެއްގައެއް ނޫނެވެ އެހެނީ ޑައިނަސޯރތައް ދުނިޔޭގައި ވެރިކަން ކުރި 160 އަހރުގެ ތެރެއިން ޓްރައިނޮސޯރަސް ނުވަތަ ޓީރެކްސް ދުނިޔޭގައި އުޅެންފަށާފައިވަނީ80 މިލިޔަން އަހަރުކުރިން ސްޓެގޯސޯރަސްގެ ދަރިފަސްކޮޅު ދުނިޔެއިން ނެތިދިޔަފަހުން ކަމަށްވާތީއެވެ
ޑައިނަސޯރ އާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ދިރާސާ ތަކެއް ކުރެވެމުން ދިޔަ ނަމަވެސް ދިރާސާކުރާ ފަރާތްތަކަށްޑައިނަސޯރގެ އަޑު ހުންނަ ގޮތާއި އޭގެ ގައިގެ ކުލަޔާއި އެއެއްޗެހީގެ ދިރިއުޅުމުގެ ކަންކަން ހިނގާދިޔަ ގޮތްވަނީ އެންމެ ރަގަޅު ގޮތެއްގައި ހޯދޭގޮތް ނުވެފައެވެ . ހަމައެގޮތަށް ފެނިފައިވާ ފޮސިލް ތައް ނިސްބަތްވަނީ އަންހެން ނުވަތަ ފިރިހެން ޑައިނަސޯރ އަކަށް ކަން ބުނެދޭންވެސް ދިރާސާކުރާ ފަރާތްތައްވަނީ ނުކުޅެދިފައެވެ
ބައެއް ވައްތަރުގެ ޑައިނަސޯރ އަށްދެފައި މަތީގައި ނޫނީ ހަތަރެސް ފައި ޖަހައިގެން ހިނގައި އުޅުމުގެ ޤާބިލްކަން ލިބިފައި ވިޔަސްވެސް ޑައިނަސޯރގެ ގިނަ ވައްތަރުތަށް ހިނގައި އުޅުނީ ހަތަރެސްފައި ޖަހައިގެން ނޫނީ ހަމައެކަނި ދެފައި މަތީގައެވެ
އެންމެ ގިނަދުވަސްވީ ޑައިނަސޯރ އެއް ކަމަށް ހޯދިފައިވަނީ އިއޮރަޕްޓާ ކިޔާ މަސްކާ ޑައިނަސޯރ އެކެވެ . މިޑައިނަސޯރ އުޅުން ކަމަށްވަނީ މީގެ 228 މިލިޔަން އަހަރު ކުރިން ކަމަށްވެއެވެ
HTML Comment Box is loading comments...