އޭ އަހަރެންގެ ލޯބިވާ ފިނިފެންމަލާއެވެ.
ބަހާރު މޫސުމަށް ފަރިވެ ފޮޅޭ ފިނިފެންމަލާއެވެ. މާމެލާމެލީގެ ރާނީ ކަމުގައިވާ ފިނިފެންމަލާއެވެ ތިޔައީ އަހަރެންގެ ހިތާމަތަކަށް ލުޔެއް ގެނެސްދޭ ފިނިފެންމަލެވެ. ތިޔައީ އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދޭ ފިނިފެންމަލެވެ. ތިޔައީ އަހަރެންގެ އުންމީދުތަކަށް އިތުރު އާރޯކަމެއް ގެނެސްދޭ ފިނިފެންމަލެވެ އަހަރެންގެ ހުވަފެންތަކުގައި ޙަޤީޤީ ކުލައެއް ޖައްސަން ތިޔަ ފިނިފެންމަލުގެ އެހީތެރިކަން ބޭނުމެވެ އަހަރެންގެ ޙަޔާތަށް ކުރިމަތިވެފައިވާ ދަތިކަމުން ސަލާމަތްވުމަށް ތިޔަ ފިނިފެންމަލުގެ އެހީތެރިކަން ބޭނުމެވެ އަހަރެންގެ ފުރާނައަށް އިތުރު ދިރުމެއް ގެންނަން ތިޔަ ފިނިފެންމަލުގެ އެހީތެރިކަން ބޭނުމެވެ ތިޔަ ފިނިފެންމަލުގެ އެހީތެރިކަން އަހަރެނަށް ލިބިދާނޭ ހެއްޔެވެ |
HTML Comment Box is loading comments...