.އިރުގެ ރަން ދޯދިތައް ކަނޑުގެ ލޮނުގަނޑަށް އެޅެމުންދިޔައެވެ.
ލޮނުގަނޑަށް އަލިކުރަމުން ވިދުވަމުންނެވެ. އަހަރެންގެ ޙަޔާތަށް އަލުން އާދިރުމެއް ގެނުވި ކަހަލައެވެ. މިކަމުގެ ސަބަބުން އަހަރެންގެ ހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ. ކޮވެއްޔެއް އެކަނިމާ އެކަނި އިނދެ ރޯއަޑު އަހަރެނަށް އިވުނެވެ. ރޭގަނޑުގެ ހަމަހިމޭން ކަމާއި އަނދިރިކަމުގެ ތެރެއިންނެވެ. އެއަށް ޖެހިފައިވާ މުޞީބާތް ހާމަކޮށްދެމުން ދިޔައީ ލަވައަކުންނެވެ. މިކަމުގެ ސަބަބުން އަހަރެންގެ ހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ. ފިނިފެންމަލެއް ފަސްގަނޑުގެ ތެރޭގައި ހެދެމުންދާތަން އަހަރެނަށް ފެނުނެވެ. ދަތިއުދަނގޫ ކަމާއެކު މަރުން ސަލާމަތްވުމަށް މަސައްކަތްކުރަނީއެވެ. އެމަލުގެ ހާލުގެ ދުލުން އަހަރެންގެ އެހީތެރިކަމަށް ގޮވާފަދައެވެ. މިކަމުގެ ސަބަބުން އަހަރެންގެ ހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ. ދުނިޔެއަށް އަލަށް އުފަންވި ކުޑަކުޑަ ލޯބިލޯބި ކުއްޖެއް އުރާލަން އަހަރެނަށް ލިބުނެވެ. އޭނާގެ ދެލޮލުން މިއާ ދުނިޔޭގެ ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލިއެވެ. އޭނާގެ މަންމައަށް އެދި އަޑުން އަޑު ނަގާ ރޯންފެށިއެވެ. މިކަމުގެ ސަބަބުން އަހަރެންގެ ހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ. މިހުރިހާ ކަމަކުންވެސް އަހަރެންގެ ހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ. އެހެނަސް ކަލާގެ ތިޔަ ރީތި ހިނިތުންވުން ފެނުމުން އަހަރެންގެ ހިތަށްކުރާ އަސަރު މިހުރިހާ ކަމަކުން ހިތަށްކުރާ އަސަރަށްވުރެވެސް ބޮޑެވެ |
HTML Comment Box is loading comments...