_
ފޭވެ އެކަނުވާހެރި
ދޭވެވަރު ހިތްއަތަށްނެރި ޅޭއުރަޙްމަތްކަމުންތެރި ނޭގޭކަމެއް މަކަރުވެރި ރޭތެމަސްހެން ތިބޭދަލުވެ ވޭއިރު އައިސް ބައްދަލުވެ (ހަތަރުވަނަ ސަތޭކަ ރައިވަރު) ފޭވެ އެކަހެރިނުވެ އުޅޭއިރު ހިތް ނެރެފަ އަތަށް ދެވޭ ވަރުވެއެވެ. އުޅޭލެއް ރަޙްމަތްތެރިކަމުން މަކަރުވެރިކަމެއް ނޭނގެއެވެ. އައިސް ބައްދަލުވެވޭއިރު ހީވަނީ ދަލުތެރޭގައި ތިބޭ މަސްމަހާއި މެހި ހެންނެވެ | އައިނެކޭ ތިޔަހުރީ
ވައިމަތިއޮޑީ ބޮލުކުރީ މާރަގަކުރަނގި ތިކޮށްރީ ގާތަށޭ ހުރެ އަންނަނީ ބާލާށް ފަލި އަވަސްތައްއަ ރާނުވަނީސް ހަމަތައްއަ (ހަތަރުވަނަ ސަތޭކަ ރައިވަރު) ވައިމަތީން އޮޑީގެ ބޮލުކުރީގައި / ކުރިމަތީގައި ތިޔަހުރީ މަސްއައިނެކެވެ. މާރަނގައާއި ކުރަނގި އަޅަމުން އައި މަސްއައިން ރީތިކޮށް ހުރެ އަންނަނީ ގާތަށެވެ. އަރާހަމަ ނުވަނީސް އަވަހަށް ފަލިތައް ބާލާށެވެ |
ތާންތިކި ތެރަށް އަރު
ދާންނެތި ބަލިވެގެން ވަރު ފާން އަލިނުން އުހެދި ކަރު ވާން ގޮފަށަމެ އަޑުން ހަރު ސާން އިޙުއެދިނު ހަލުމާސަ ލާން ތަކާއި ވެދުމާސަ ޝައިޚް ޒުބައިރު ޞ.191 ތުން ހިރު އުނިވެ ފިކު
ރުން ބިމޭ ކުދިވެފައި ދިކު ލުން ލޮމެ ކަރުނު ނިކުމެ ނިކު ދުން އަމުނުމެއް ވެޔޭ ހިކު ޅުން އޮގި ނަމެ ހިތެރޭ ރުމަކަ މުން ދެރަވެ ފަގީރު މަކަ ނައިބުތުއްތުގެ ދަގަނޑު ދަހަނާގެ 43 ވަނަ ރައިވަރު | ކެތްތެރި އަވެއްޖެ ޅަކު
ނެއްޓި ނުމެ ސަކު ހިތުގެ މަކު ރެއް ސަފުން ނުވެ ދަތަސް އަކު ގެއްތެ ދުމަ ލިބިދިޔަ ހިނދަކު މެއް ބޮޑުވެ ނޭނުދާ ގެން ކަ ހެއްދެވި ލާނގެ ދެނެގަން ކަ ގަސްދޮށަށް ޖަންބުމާ (ޖަންބުމާ ގަސްދޮށަށް)
ނަސްވެރުމަ ތަލި ރަންކޮޅާ (ވެރުނަސް މަތަލި ރަންކޮޅާ) ގަސްވެރިޔަ އަމުރާ ނުލާ (ގަސް ވެރިޔަ އަމުރާ ނުލާ) އަސްތާ ހޮވަން ނޭނުވާ (އަސްތާ ހޮވަން ނުވާނޭ) ހަސްނެތި ކަމަކު މަ ބަނޑުހައިވި (ހަސްނެތި މަ ބަނޑުހައިވި ކަމަކު) ޔަސް މުހުތާދު ހުރިހައިވި (ހުރިހައި ގޮތަކުން މުހުތާދު ވިޔަސް |