ބަހަކީ އިންސާނާ އެނާގެ ޚިޔާލުތަކާއި ޝުޢޫރުތަކާއި ބޭނުންތައް އަނެކާއަށް ހާމަކުރަން ބޭނުންކުރާ ހަތިޔާރެއް ކަމަށާއި އަދި އެއީ އިންސާނުން އެކަކު އަނެކާއި މުޢާމަލާތް ކުރުމަށް ވަކި ހަމަ ތަކެއްގެ މަތިން މާނަ ދޭހަވާގޮތަށް ބޭނުންކުރާ އަޑުތަކެއް ކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ
ދިވެހި ބަހާއި ގުޅޭ ދިރާސާތައް ކުރެއްވި ގިނަ ބޭފުޅުން ވިދާޅުވާގޮތުގައި ދިވެހި ބަހަކީ އިންޑޯ އާ ރިޔަންގުރޫޕުގެ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަހެކެވެ. މިބަހުގެ އެންމެ ޒަމާންވީ ބަސް ކަމުގައިވާ ޕްރޯޓޯ އިންޑޯ ޔޫރަޕިއަން ބަސް ތަރައްޤީ ވެގެންގޮސް ވަކި ވަކި ބަސްތައް އުފެދުނީއެވެ. އަދި މިގޮތަށް އުފެދުނު ބަސްތައްވެސް ކަފިކަފި ވެގެން ގޮސް ދިވެހި ބަސް އުފެދުނީ ސާންސްކްރިތް ބަހުން ކަމަށް ބަހުގެ ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ |
ހަމަ އެހެންމެ ދިވެހި ބަހާއި އެންމެ ގާތް ކުރާ ބަހަކީ ސިންގަޅަ ބަސްކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ
ދިވެހިންގެ ލިޔެ ކިޔުމުގައި އެންމެ ފުރަތަމަ ބޭނުން ކުރެވުނީ އެވޭލާ އަކުރުކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. ކާބަފައިން ބޭނުންކުރި ކަމަށް ފެންނަން އޮތް އެންމެ ދުވަސްވީ އަކުރަކީ އެވޭލާ އަކުރެވެ. އިސްލާމްދީން އައުމަށްފަހު ކާބަފައިން އެންމެ ދުވަސްވަންދެން ބޭނުން ކުރީ އެވޭލާ އަކުރުކަމަށްވެއެވެ. މިއީ ވާތުން ކަނާތަށް ލިޔެވޭ އަކުރެކެވެ. 12 ވަނަ ޤަރުނުގެ ފަހުން200 ވަރަކަށް އަހަރު ތެރޭގައި އެވޭލާ އަކުރު ތަރައްޤީވެ ދިވެސް އަކުރަށް ބަދަލުވީ ކަމަށް ދިރާސާކުރައްވާ ފަރާތްތަކުންވިދާޅުވެއެވެ. އެވޭލާ އަކުރެކޭ އެއްފަދައިން ދިވެސް އަކުރުވެސް ލިޔެފައިވަނީ ވާތުން ކަނާތަށެވެ

ދިވެސް އަކުރު ބޭނުންކުރުން 1778 ވަނަ އަހަރުގެ ފަހުން ހުއްޓުމަށްފަހު ތާނަ އަކުރު އުފެއްދެވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމްގެ ރަސްކަމުގެ ދުވަސްވަރުކަމަށް ވެއެވެ
ދިވެހިންގެ މާދަރީ ބަހަކީ ދިވެހިބަސް ކަމަށް ވީހިނދު 1960 އަހަރުތަކާއި ޖެހެންދެން ތަޢުލީމީ މުޤައްރަރު ބިނާވެފައިވަނީ ދިވެހިބަހުގެ މައްޗަށެވެ . ނަމަވެސް 1960 ގެ އަހަރުތަކުގެ ތެރޭގައި މަތީ ތަޢުލީމަށް މަގުފަހިކުރުމަށްޓަކައި ތަޢުލީމީ މަންހަޖު އިގިރޭސި މީޑިއަމަށް ބަދަލު ކުރެވުނެވެ ތަފާތު އެކި އެކި މުޢާމަލާތް ކުރުމުގެ މައިގަނޑު ބަހަކަށް އިގިރޭސި ބަސް ބޭނުން ކުރެވެމުންދިޔަ ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ޖަޕާނު ބަހުގެ އިތުރުން ވިލާތުގެ ޤައުމުތަކުގެ ބަސްތައް ކަމަށްވާ ފަރަންސޭސި ބަހާއި ޖަރުމަނު ބަސް އަދި އިޓަލީ ބަސް ދަނީ ބޭނުންކުރެވެމުންނެވެ ދިވެހިންގެ ޤައުމިއްޔަތުގެ ރަމްޒު އަދި ދިވެހި ކާބަފައިންގެ ތަރިކަ ކަމުގައިވާ ދިވެހި ބަސް މަރުވިޔަ ނުދީ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެހާ ދިވެހިންގެ މައްޗަށް އޮތް ވާޖިބެކެވެ . މި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭނީ ހުރިހާ އެންމެން އެކަމަށް ސަމާލުކަން ދީގެންނެވެ |
HTML Comment Box is loading comments...