ދިވެހިރާއްޖޭގެ ތާރީޚަކީ މުއްސަނދި ތާރީޚެކެވެ. ދިވެހިންނަކީ ފާހަގަކޮށްލެވޭ މާޒީ
އެއްއޮތް ބަޔެކެވެ. ތާރީޚީ ޢިލްމުވެރިން ބަޔާންކުރާ ގޮތުގައި އަމީރަކާއި އޭނާގެ އަނބިކަބަލުން ކުރެއްވި ދަތުރުފުޅެއްގައި ރ . ރަސްގެތީމަށް ފައިބާ ވަޑައިގަތެވެ އެބޭފުޅުން އެރަށުގައި ތިއްބެވި ދުވަސްވަރު ވެރިކަން ކުރެއްވުމަށް ހަވާލުކުރެވުނު ކަމަށްވެސް ބުނެވެއެވެ . ކޮންމެއަކަސް އޭގެ ފަހުން ކޮއިމަލާ ރަސްގެފާނާއި އޭނާގެ އަނބިކަބަލުން ގިރާވަރު މީހުންގެ ހުއްދަ އާއެކު މާލޭގައި ވަޒަންވެރިވެ ވަޑައިގަތެވެ. ގިރާވަރު މީހުން 1978 ވަނަ އަހަރު ގިރާވަރު ރިސޯޓް ރަށެއްގެ ގޮތުގައި ތަރައްޤީ ކުރަންވެގެން ވަނީ މާލެއަށް ބަދަލު ކުރެވިފައެވެ އިންޑިޔާ އާއި އަވައްޓެރި ސިލޯނުގެ ފަތްފުށްތައް ދައްކާ ގޮތުން1500 ބ.ސ ފެށިގެން ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފަށާފައިވެއެވެ . ސިލޯނުގެ ސިންހަޅަ ބަހާއި ދިވެހި ބަހާއި ފުދޭވަރެއްގެ ތިމާގެ ކަމެއް ވާކަމަށްވެސް ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ތަނުން ރާއްޖެ ވެފައިވަނީ ތަފާތު އެކިއެކި ބޭނުންތަކަށް ދަތުރު ކުރާ ދަތުރުވެރިން މަޑުކޮށްލާ މަންޒިކަށެވެނަތީޖާއެއްގެ ގޮތުން ދިވެހިންނަށްވެސް ބޭރުގެ ފަރާތްތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތުތައް ލިބެމުންދިޔައެވެ |
ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް އެބުރުނީ މީލާދީ ސަނަތުން 1153 އަހަރުގައެވެ
ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައީ 1558 އަހަރުގައެވެ ޕޯޗްގީޒުންގެ އަތްދަށުން މުޙައްމަދު ތަކުރުފާނު ރާއްޖެ މިނިވަންކުރެއްވީ 1573 އަހަރުގައެވެ މަލާބާރީން ދިވެހިންގެ މައްޗަށް 3 މަސްވަންދެން އަތްގަދަ ކުރީ1752 އަހަރުގައެވެ އިގިރޭސިންނާއި އެކު އެއްބަސްވުމެއްގައި ސޮއިކުރީ 1887 އަހަރުގައެވެ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެއް އެކުލަވާ ލެވުނީ 1932 އަހަރުގައެވެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އެއްގެ ހައިސިއްޔަތުން މުޙައްމަދު އަމީން ވެރިކަމާއި ހަވާލުވެ ވަޑައިގަތީ 1953 އަހަރުގައެވެ ފުރަތަމަ ޖުމްހޫރީ ވެރިކަން އުވި މުޙައްމަދު ފަރީދުދީދީ ރަސްކަލެއްގެ ގޮތުގައި އިސްވީ 1954 އަހަރުގައެވެ އިގިރޭސިންގެ އަތްދަށުން މިނިވަންވެ މިނިވަން މުސްތަޤިއްލު ޤައުމަކަށް ރާއްޖެވީ 1965 އަހަރުގައެވެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ހައިސިއްޔަތުން އިބްރާހިމް ނާސިރު ވެރިކަމަށް އިސްވީ 1968 އަހަރުގައެވެ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972 އަހަރުގައެވެ | މިގޮތުން ޢަރަބި ކަރަކަރަ އާއި އޮޅުދޫ ކަރައާއި ސީނުކަރައާއި ދެމެދު ވިޔަފާރީގެ ގޮތުގައި ކާއްޓާއި ރޯނާއި ހިކިމަސްބޭނުންކުރިކަމަށް ތާރީޚީ ލިޔުންތެރިން ބުނެއެވެ . އަދި ފައިސާގެ ގޮތުގައި ބޮލި ބޭނުން ކުރިކަމަށްވެސް ވެއެވެ
ދިވެހިރާއްޖޭ އަށް ލިބިފައިވާ ޤުދުރަތީ މުއްސަނދި ކަމުގެ ސަބަބުން ވަރަށް ކުރިއްސުރެވެސް ޕޯޗަގީޒުންދިޔައީ ރާއްޖެއަށް ކަޅިއަޅަމުންނެވެ ނަމަވެސް ރާއްޖެ ހިފުމަށް އެމީހުން ކުރި މަސައްކަތްތައް އޭރު ރާއްޖޭގެ ހުރި ހިތްވަރުގަދަ ޖެހިލުންކުޑަ އަލިރަސްގެފާނުގެ ސަބަބުން ވަނީ ނާކާމިޔާބު ވެފައެވެ މިކަންތައް ޕޯޗްގީޒުން ލައްވާ ކުރުމަށް އެންމެ އިސްކޮށް އުޅުނީ ހަސަން ރަސްގެފާނެވެ އެނެމެ ފަހުން މީލާދީ ސަނަތުން 16 ވަނަ ޤަރުނުގެ ތެރޭގައި އަލިރަސްގެފާނު ޝަހީދު ކޮށްލުމަށްފަހު، އެޒަމާނުގެ "ކަނޑުގެ ބާޒު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޕޯޗްގީޒުން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކުރިއެވެ. މިބައިމީހުންގެ އަނިޔާވެރި އަޅުވެތިކަމުގައި 15 އަހަރާއި 6 މަސްދުވަސް ވަންދެން ދިވެހިން ތިއްބެވެ . މިދުވަސްތައް ވެފައިވަނީ ދިވެހި ތާރީޚުދުށް އެންމެ ކަޅު ދުވަސްތައް ކަމުގައެވެ އެމީހުން ދިޔައީ މާތް ވެގެންވާ އިސްލާމްދީން ދޫކޮށް ނަސާރާ ދީނަށް ވަނުމަށް ދިވެހިންނަށް މަޖުބޫރުކުރުވަމުންނެވެ |
ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް މުޙައްމަދު ތަކުރުފާނާއި އެތަކުރުފާނުންގެ އަޚުންނާއި އެކު މެދު ނުކެނޑި 8 އަހަރު ވަންދެން ޖިހާދު ކުރެއްވިއެވެ . މިދުވަސްތަކުގެ ތެރޭގައި އެތަކުރުފާނުންގެ ބޭބެ އަލިތަކުރުފާނު ޕޯޗްގީޒުންގެ ހަމަލާ ތަކުން ޝަހީދުވިއެވެ މުޙައްމަދު ތަކުރުފާނު ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކުރެއްވީ ކަޅުއޮށްފުންމީގައި ދަތުރުކޮށް ރޭގަނޑު ރަށްރަށަށް އަރާ އެރަށެއްގައި ތިބޭ ޕޯޗްގީޒުންގެ މީހުން ގަތުލުކޮށް އިރުގެ އަލިކަންވާން ފެށުމުން ރާއްޖެ އޮބާ ހިސާބަށް ކަޅުއޮށްފުންމީ ގައި ދަތުރުކުރެއްވުމެވެ ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކުރެއްވި މަސައްކަތުގައި ބޮޑުތަކުރުފާނުން މަލާބާރީންގެ އެހީތެރިކަންވެސް ހޯއްދެވިއެވެ. އެންމެފަހުން މާލެ އަރުއްވާ ޕޯޗްގީޒުންގެ ވެރިޔަކަށްހުރި އަނދިރި އަނދިރިން ގަތުލުކުރިއެވެ
ބޮޑުތަކުރުފާނުން ރާއްޖޭގެ ވެރިކަން ކުރެއްވި 12 އަހަރުދުވަހުގެ ތެރޭގައި ސިފައިން ތަމްރީނުކޮށް ވިޔަފާރީގައި ބޭނުންކުރުމަށް ލާރި ތަޢާރަފްކުރެއްވިއެވެ
.އެންމެފަހުން ދިވެހިރާއްޖޭގެ ވެރިކަންކުރީ ހުރާދަރިކޮޅުގެ މީހުންކަމަށްބުނެވެއެވެ. އެއީ 1968 ވަނަ އަހަރު ރާއްޖޭގައި ހިނގަމުން އައި ވިރާސީ ވެރިކަން އުވި ވެރިކަން ހިނގަމުން އައި ނިޒާމް ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ހަމައަށެވެ
މީލާދީ ސަނަތުން 1887 ވަނަ އަހަރުގެ ޑިސެމްބަރ 16 ވަނަ ދުވަހު އެއިރު ރާއްޖޭގެ ރަސްކަމުގައި ހުރި ރަދުން އިގިރޭސިވިލާތުން ސިލޯނަށް ކަނޑައަޅާފައި ހުރި ސަފީރާއެކު އިގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ގެންދިޔުމާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރިއެވެ .އެހާރުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި 26 އާހަމައަށް ދިވެހިން ތިބީ އެދުވަސްވަރު ދުނިޔޭގެ ވަރުގަދަ ބާރެއްކަމުގައިވާ އިގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ 1957 ވަނަ އަހަރުގައި އިގިރޭސިންގެ މަރުކަޒެއް އައްޑު އަތޮޅުގައި އަހަރަކު 2000 ޑޮލަރު ހޭދަކުރާ ގޮތަށް ޤާއިމްކުރިއެވެ. މިތަނުގައި އެތައް ސަތޭކަ ބަޔަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނެވެ . ނަމަވެސް އޭގެ 19 އަހަރުފަހުން ކުރަންޖެހޭ ޚަރަދު ބޮޑުކަމުން އިގިރޭސިން އެތަން ދޫކޮށްލިއެވެ
ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަކަށް ހޮވިވަޑައިގަތީ ސުމުއްވުލް އަމީރު މުޙައްމަދު ޢަމީންދޮށިމޭނާ ކިލެގެފާނެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ 1954 އަހަރުގެ ތެރޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަން އުވި އަނެއްކާވެސް ރަސްކަމެއް ފެށުނެވެ ރަސްކަލެއްގެ ގޮތުގައި އިސްވެވަޑައިގަތީ މުޙައްމަދު ފަރީދުދީދީއެވެ
ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވީ ދުވަހުއެވެ . އެވޭލާ ޒަމާނުއްސުރެން ކުރެވެމުން އައި ވިރާސީ ވެރިކަން އުވި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމަކަށް ރާއްޖެ ބަދަލުވީ 11 ނޮވެމްބަރ 1968 ގައެވެ .ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަކަށް ހޮވިވަޑައިގަތީ އިބްރާހިމް ނާސިރެވެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސްއަކަށް 1978 ހޮވިވަޑައިގަތީ އަލްއުސްޡާޛު މައުމޫން އަބުދުލް ޤައްޔޫމެވެ އޭގެ ފަހުން ހަ ދައުރެއްގެ ގޮތުގައި 30 އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވިއެވެ

HTML Comment Box is loading comments...