_މުސްއަބް އިބްން ޢުމައިރު: ކޮންފަދަ މަތިވެރި ސިޔަރަތެއްތޯއެވެ؟
ދުވަސްތައް ފާއިތުވަމުންގޮސް މުސްލިމުންގެ ޖަމާޢަތް އެންމެބޮޑަށް އިންތިޒާރުކުރަމުންދިޔަ ދުވަސް އަތުވެއްޖެއެވެ. ރަސޫލުﷲ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ސަޙާބީން މަދީނާއަށް ހިޖުރަކުރައްވައިފިއެވެ. މުސްޢަބްގެފާނުގެ ބުރަ މަސައްކަތްޕުޅުން އެދުވަހައްޓަކައި މަދީނާވަނީ ފުރިހަމައަށް ތައްޔާރުކުރައްވާފައެވެ. އިސްލާމްދީނުގެ މަތިވެރި އަޤީދާގެ ބަގީޗާތައް މަދީނާގައި ފަރިވެ ފޮޅެމުންދިޔައެވެ. ނަތީޖާއެއްގެގޮތުން ޤުރައިޝްވަންހައިގެ މުޝްރިކުންގެ ރުޅިވެރިކަން ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. މުސްލިމުންނާއި ދެކޮޅަށް ރާވަމުންދިޔަ ތަފާތު ރޭވުންތަކުގެ ނަތީޖާއެއްގެގޮތުން ބަދުރުގެ މައިދާނުގައި ދެބައިމީހުންގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ކުރެވުނެވެ. އެ ހަނގުރާމައިގައި މުޝރިކުންނަށް ރަނގަޅުފިލާވަޅުތަކެއް ލިބިގެންދިޔައެވެ. އަދި ހައްޤައް ނަޞްރުލިބި މުސްލިމުންނަށް ބޮޑުވެގެންވާ ކާމިޔާބީއެއް ލިބިގެންދިޔައެވެ. ނަމަވެސް ބަދުރުން ލިބުނު ބޮޑު ގެއްލުމަށްފަހުވެސް މުޝްރިކުން އެބައިމީހުންގެ ބާޠިލް ދަޢުވާގައި ކުރިއަށް ދިޔައެވެ. އަދި މުސްލިމުންނާއި ދެކޮޅަށް އިތުރު ރޭވުންތައް ރާވަމުން ދިޔައެވެ. އެންމެފަހުން ދެވަނަ ކުރިމަތިލުމަކަށް އުހުދުގެ މައިދާން ފައްކާވެގެންދިޔައެވެ. މި ހަނގުރާމައަށްޓަކައި މުސްލިމުންގެ ލަޝްކަރުތައް ރުކުރުވާލުމަށްފަހު މާތް ނަބިއްޔާ މުސްލިމުންގެ ދިދަ ހަވާލުކުރައްވާނޭ ބޭކަލަކަށް އެކަލޭގެފާނުގެ ސަޙާބީންގެ ތެރެއިން ބައްލަވަމުން ދިޔައެވެ. އަދި އެކަމަށްޓަކައި އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ ދެވަނަ އެހެން ބޭކަލެއް ނޫނެވެ. ހިތްވަރުފުޅުގަދަ ވިސްނުންފުޅުތޫނު މުސްޢަބް އިބްނު އުމައިރެވެ. އެކަލޭގެފާނާއި މުސްލިމުންގެ ދިދަ ޙަވާލުކުރެއްވުމާއިއެކު ސާބިތުކަމާއެކު ކުރިއަށް ހިންގަވައި ވަޑައިގެންނެވިއެވެ
ބިރުވެރި ނުރައްކާތެރި ހަނގުރާމަ ފެށިއްޖެއެވެ. އިސާހިތަކު ދެފަރާތުގެ ހަމަލާތައް ވަރުގަދަވެ ކުރިފަޅަމުން ދިޔައެވެ. އަދި މުސްލިމުންގެ ތެރޭގައި ތިބި މުނާފިޤުން ހަނގުރާމައިގެ މައިދާން ދޫކޮށް ބަލިވެގެން ފިލަންދާތަން ފެނުމުން ފަރުބަދަ މަތީގައި ދުނި އުއްކަވަން ތިއްބެވި މުސްލިމުންގެ ފައުޖުތައް ރަސޫލުﷲ صلى الله عليه وسلم ގެ ބަސްފުޅަށް ކިޔަމަންވުމެއްނެތި މައިދާން ދޫކޮށް ފިލަން ދުއްވައިގަތެވެ. ނަތީޖާއެއްގެގޮތުން ފަރުބަދަ މައްޗަށް އެރުމަށް ދިޔަ އެތަކެއް މުސްލިމުންނެއް މުނާފިޤުންގެ ކަނޑިތަކުގެ ދަށުގައި ޝަހީދުވެގެންދިޔައެވެ. މި ފުރުޞަތުގެ ބޭނުންހިފާ މުޝްރިކު މުނާފިޤުން އަވަސްވެގަތީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޝަހީދުކޮށްލުމަށް އެކަލޭގެފާނާއި ދިމާކުރުމަށެވެ. ނަމަވެސް މުސްޢަބް އަށް މި މަންޒަރުފެނުމާއެކު "ﷲ އަކްބަރު" އެންމެބޮޑީ ﷲ އޭ ހަރުއަޑުފުޅުން ވިދާޅުވަމުން އެބައިމީހުންނާ ދިމާއަށް ސިންގާއެއްފަދައިން ހަމަލާދެއްވަން ފެއްޓެވިއެވެ. އެހިނދު ޚުދު އެކަލޭގެފާނު ވެވަޑައިގަތީ ބޮޑު ލަޝްކަރެއްކަމުގައެވެ. އެކަލޭގެފާނުގެ ބޭނުންފުޅަކަށް ވެވަޑައިގަތީ މުޝްރިކުންގެ ސަމާލުކަން ރަސޫލުﷲ صلى الله عليه وسلم ގެ ބަދަލުގައި އެކަލޭގެފާނުންގެ މައްޗަށް އަނބުރާލެއްވުމެވެ. އެއް އަތްޕުޅުން މުސްލިމުންގެ ދިދަ ހިއްޕަވައިގެން ހުންނަވާ އަނެއް އަތްޕުޅުން ކަނޑިހިއްޕަވައިގެން މުޝްރިކުންނާއި ގަދަފަދަކަމާއެކު ކުރިމަތިލައްވަމުން ގެންދެވިއެވެ. ނަމަވެސް މަޑުމަޑުން މުޝްރިކުންގެ ޢަދަދު ގިނަވަމުންދިޔައެވެ. އެބައިމީހުން ބޭނުންވީ މުސްޢަބްގެ ދުވަސްދުއްވާލުމަށްފަހު ރަސޫލުﷲ صلى الله عليه وسلم އާއި ކުރިމަތިލުމެވެ
މި މަންޒަރު އެންމެ ފުރިހަމަގޮތުގައި ސިފަވެގެންދާނީ މިމަންޒަރު ހަމަލޮލުން ފެނުނު ސަޙާބީއެއް އެކަން ސިފަކުރައްވާފައިވާގޮތުންކަން ކަށަވަރެވެ. އެގޮތުން މުސްޢަބްގެފާނުގެ އެންމެ ފަހުގެ ހަރަކާތްތައް އިބްރާހީމް އިބްނު މުޙައްމަދު އިބްނު ޝަރްހަބީލް އަލް އަބްދަރީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވާފައިވާގޮތަށް އިބްނު ސަޢާދު ވިދާޅުވެދެއްވާފައިވެއެވެ.
"އުހުދުގެ ދުވަހު މުސްލިމުންގެ ދިދަ ހިއްޕަވައިގެން ހުންނެވީ މުސްޢަބް އިބްނު އުމައިރެވެ. މުސްލިމުންގެ ސަފުތައް ރޫޅި ބައިބައިވެގެންދިޔަ ހިނދުވެސް މުސްޢަބް އެކަލޭގެފާނުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާ މުޝްރިކުންނާއި ކުރިމަތިލައްވަމުންދިޔައެވެ. މުޝްރިކުންގެ ތެރެއިން އިބްނު ޤުމާޙް އާއި ބައްދަލުވެއްޖައުމަށް ދާންދެނެވެ. އޭނާއަކީ ކަނޑި ހަނގުރާމައިގެ ވަރުގަދަ ފަހުލަވާނެކެވެ. އޭނާ އޭނާގެ ކަނޑިން މުސްޢަބްގެ ކަނާތްޕޫލުގައި ޖައްސަވާ ހަށިކޮޅާއި ވަކިކޮށްލެއްވިއެވެ. އެހިނދު މުސްޢަބް ވިދާޅުވިއެވެ. "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." (3:144) ދެން އެކަލޭގެފާނުގެ ވާތްޕުޅުން ދިދައިގައި ހިއްޕަވައި އޭގެ ބާރުގައި ކޮޅަށް ހުންނެވިއެވެ. ނަމަވެސް ޤުމާޙް އޭނާގެ ކަނޑިން މުސްޢަބްގެ ވާތްޕުޅުގައި ޖަހާ ހަށިކޮޅާއި ވަކިކޮށްލެއްވިއެވެ. ދެން އެކަލޭގެފާނުގެ އަތޮޕުޅުގެ ވަކިކޮށްނުލެވިވާ ބައިން މޭފުޅާއިލާ ފިއްތަވައިލައްވައިގެން ދިދަ ކޮޅަށް ބެހެއްޓެވިއެވެ. އަދި ވިދާޅުވިއެވެ. "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." ނަމަވެސްޤުމާހް އޭނާގެ ހަންޖަރުން ޖަހާ މުސްޢަބްގެ ހަށިކޮޅު ފޫދުއްވާލިއެވެ. އެހިނދު މުސްޢަބް ވެއްޓިވަޑައިގަތެވެ. އަދި އެކަލޭގެފާނަށްފަހު މުސްލިމުންގެ ދިދަވެސް ވެއްޓިގެން ދިޔައެވެ.
އެކަލޭގެފާނަކީ ޝަހީދުންގެ ތެރެއިންވެސް މަތިވެރި ޝަހީދެކެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެން ވެއްޓިވަޑައިގަތީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ މަގުގައި ހައްޤުގޮތުގައި ފުރިހަމަ ޖިހާދެއް ކުރައްވާފައެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެން ވެއްޓިވަޑައިގެންނެވިއިރު އެކަލޭގެފާނު ހީފުޅުކުރެއްވީ އެކަލޭގެފާނުގެ ނިމުން ވެގެންދާނީ މުޝަރިކުންގެ އަތްދަށުވެ ރަސޫލުﷲ صلى الله عليه وسلم ޝަހީދުވެވަޑައިގަތުންކަމުގައެވެ. ނަމަވެސް އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސު ނުރައްކަލުގެ ތެރެއަށް އެއްލަވާލެއްވީ މާތް ނަބިއްޔާގެ ދިފާޢުގައެވެ. ނަމަވެސް ރަސޫލުﷲ صلى الله عليه وسلم ދެކެ އެކަލޭގެފާނު ވެވަޑައިގަންނަވާ ލޯތްބާއި، އެކަލޭގާފާނަށްޓަކައި ގަންނަވާ ބިރުފުޅެއްގެސަބަބުން މުސްޢަބް އެކަލޭގެފާނުގެ ހަށިކޮޅަށް އަރަމުންދިޔަ ކޮންމެ ހަމަލާއަކާއި އެކު ވިދާޅުވަމުން ގެންދެވީ "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ." (3:144) މާތް ﷲ ކީރިތި ޤުރުއާނުގައި މި އާޔަތް ބާއްވާލެއްވުނީ މި ހާދިސާގެ ފަހުންނެވެ.
މި ބިރުވެރި ހަނގުރާމައަށްފަހު މީސްތަކުންނަށް މުސްޢަބު ފެނިވަޑައިގެންނެވީ އެކަލޭގެފާނުގެ މޫނުފުޅު ފަސްގަނޑުގައި ޖައްސަވައިގެން ބަންޑުން ވެއްޓިވަޑައިގެން އޮންނަވަނިކޮށެވެ. އެހެނީ އެކަލޭގެފާނު އަވަހާރަވެގެން ވެއްޓިވަޑައިގަތުމަށްފަހު މުޝްރިކުން ރަސޫލާއަށް ގެއްލުމެއް ދޭތަން އެކަލޭގެފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވަނީއެވެ. އެހެންކަމުން އެކަލޭގެފާނުގެ މޫނުފުޅު ފަސްގަނޑުގައި ފޮރުއްވެވީއެވެ. ނުވަތަ ރަސޫލުﷲ صلى الله عليه وسلم ގެ ދިފާއުގައި ނުހުންނެވި ޝަހީދުޖެހިވަޑައިގެން ވެއްޓިވަޑައިގަންނަވަންޖެހުމުން އެކަމުގެ ލަދުވެތިކަމުގައި މޫނު ފޮރުއްވެވީއެވެ. އޭ މުސްޢަބެވެ. ﷲ ކަލޭގެފާނާއިއެކު ވޮޑިގެންވެއެވެ. ތިޔައީ ކޮންފަދަ މަތިވެރި ސިޔަރަތެއްގެ ވެރިއެއްތޯއެވެ! ރަސޫލުﷲ صلى الله عليه وسلم އާއި ސަހާބީން ހަނގުރައިމައިގެ މައިދާނުގެ ހާލަތު ބައްލަވަމުން ޝަހީދުވެވަޑައިގެންނެވި ބޭކަލުންނަށް ސަލާމްދަންނަވަމުން ވަޑައިގެންނެވިއެވެ. އެހިނދު މުސްޢަބްގެ ހަށިކޮޅުގެ ގާތަށް ވަޑައިގެންނެވުނުހިނދު އިތުރު އެކަލޭގެފާނުގެ ލޯފުޅުން ހިފެހެއްޓުމެއްނެތި ކަރުނަފުޅު އޮހޮރިގެން ދިޔައެވެ. ޚައްބާބު އިބްނު އަލް-އައުރާތް ރިވާކުރެއްވިއެވެ: ތިމަންމެން ﷲ އަށްޓަކައި ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި މަދީނާއަށް ހިޖުރަކުރީމެވެ. އެއީ ﷲ ގެ ދަރުމަ ވަންތަވެރިކަމުން ޙާޞިލުކުރެވުނު މިންވަރައް ޙާޞިލްކުރުމަށްޓަކައެވެ. އަހަރެމެންގެ ތެރެއިން ބައެއް ބޭކަލުން މިދުނިޔެއާއި ވަކިވެވަޑައިގަތީ ދުނިޔެއިން އެބައިމީހުންނަށް އެއްވެސް މިންވަރެއް ހާޞިލްނުކުރެއްވޭ ޙާލުގައެވެ. އޭގެތެރެއިން އެއް ބޭކަލަކު ކަމުގައި މުސްޢަބް އިބްނު ޢުމައިރު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގެންނެވީ އުހުދު ހަނގުރާމައިގައެވެ. އެކަލޭގެފާނު ދުނިޔޭގެ މުދަލުގެ ތެރެއިން ބާވެ ވީދިފައިވާ ފޭރާމެއްނޫނީ ދޫކުރައްވާފައިނުވެއެވެ. އެއިން ތިމަންމެން އެކަލޭގެފާނުގެ ބޯ ނިވާކުރައްވައިފިނަމަ އެކަލޭގެފާނުގެ ފައިންޕުޅު ހާމަވެއެވެ. އަދި އެއިން ފައިންޕުޅު ނިވާކުރައްވައިފިނަމަ މޫނުފުޅު ހާމަވެއެވެ. ދެން ރަސޫލުﷲ صلى الله عليه وسلم ތިމަންމެންނަށް ހަދީޘްކުރެއްވިއެވެ. "ތިއިން އެކަލޭގެފާނުގެ މޫނުފުޅު ނިވާކުރައްވާށެވެ. އަދި ފައިންޕުޅަ ވިނައަޅުއްވާ ފޮރުވާލައްވާށެވެ."
މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ހަމްޒާގެފާނު ޝަހީދުވެވަޑައިގަތުމާއި އަދި ހަމަ އެހެންމެ މުޝްރިކުން އެކަލޭގެފާނުގެ ހަށިކޮޅާއިމެދު ކަންތައްތައް ކުރެއްވި އިހާނެތިގޮތުގެ ސަބަބުން ލިބިވަޑައިގެންނެވި ފުން ހިތާމައާއި އަދި އެތަކެއް ޞާލިޙް ސަޙާބީންނެއް ހަނގުރައިމައިގައި ޝަހީދުވެވަޑައިގަތުމުން ކުރިމަތިފުޅުވެވަޑައިގެންނެވި ހިތާމަފުޅާއިއެކުވެސް، އެކަލޭގެފާނުގެ ފަރާތުން ފޮނުއްވުނު ފުރަތަމަ ރަސޫލު ކަމުގައިވާ މުސްޢަބްގެ ހަށިކޮޅުގެ ކައިރިއަށް ވަޑައިގެންނެވުމުން އެކަލޭގެފާނުގެ ހިތާމަފުޅު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. އަދި ލޯފުޅުން ފައިބައިގެންދިޔަ ކަރުނައިން މުޅި ކޯތާފަތްޕުޅު ތެމިގެން ދިޔައެވެ. އަދި އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. "ﷲ އަށް އެއުރެން އަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުޢުމިނުންގެ ތެރެއިންވެއެވެ." (33:23) އެއަށްފަހު އެކަލޭގެފާނު މުސްޢަބްގެ ހަށިކޮޅު ފޮރުވާފައިވާ ފޭރާންކޮޅަށް ބައްލަވައި ހަދީޘްފުޅުކުރެއްވިއެވެ. "ތިމަން ކަލޭގެފާނަށް މައްކާއިން ކަލޭގެފާނު ފެނިވަޑައިގެންނެވިއިރު ކަލޭގެފާނުފަދަ ޤަދަރުވެރި މަތިވެރި، އަދި ވަކިން ތަނަވަސް އެހެން ބޭކަލަކު ދެކެވަޑައެއް ނުގަންނަވަމެވެ. އެކަމަކު މިއަދު ކަލޭގެފާނުތިޔަ އޮންނެވީ އަމިއްލަފުޅު ހަށިކޮޅު ނިވާކޮށްލާނޭ ފަދައެއްވެސްނެތި ﷲ ގެ މަގުގައި ޝަހީދުވެވަޑައިގެންނެވެ." ދެން އެއަށް ފަހު މައިދާނުގައިވާ ހުރިހާ ޝަހީދުންނާއި މުޚާތަބުކުރައްވާ ހަދީޘްފުޅުކުރެއްވިއެވެ. "މަހުޝަރުކުރެވޭ ދުވަހު ތިޔަބައިމީހުންނީ ﷲ ގެ މަގުގައި ޝަހީދުވެވަޑައިގެންނެވި ބައެއްކަމުގައި އެކަލާނގެ ރަސޫލާ ހެކިވެވޮޑިގަންނަވައެވެ." އަދި އެކަލޭގެފާނުގެ ސަހާބީން އެއްކުރައްވާ ހަދީޘްފުޅު ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ، އެބައިމީހުންނަށް ޒިޔާރަތްކޮށް ސަލާމް ދަންނަވާށެވެ. ހަމަކަށަވަރުން އެބައިމީހުން އެސަލާމަށް ޖަވާބުނުދެއްވާޙާލު އެއްވެސް މުސްލިމަކު އެބޭކަލުންނަށް ސަލާމްނުދަންނަވައެވެ."
މާތް ﷲ މުސްޢަބް އިބްނު އުމައިރަށާއި ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވެވަޑައިގެންނެވި އެންމެހާ ބޭކަލުންނަށް ސަލާމް ލައްވާށިއެވެ. އަދި މުސްޢަބް އިބްނު ޢުމައިރުގެ ސިޔަރަތުން އަޅަމެންގެ ހިތްތަކުގައި އިބަ އިލާހާއި އިބަ އިލާހުގެ ރަސޫލާގެ މައްޗަށްވާ ލޯބި އިތުރުކުރައްވާށިއެވެ. – އާމީން

ކުރިއަށް-
މަޞްދަރު: 07 ޖޫން 2011 ގައި ދީން.އިންފޯ ގައި ލިޔެފައިވާ ލިޔުމެއް ނަކަލު ކުރެވިފައި